ހދ. ނޭކުރެންދޫގައި "18 އަހަރުން ދަށުގެ ކުދިންގެ ކެރިއަރ ގައިޑޭންސް ޕްރޮގްރާމް 2026" ގެ ދަށުން ޚާއްޞަ ސެޝަނެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އިންތިޒާމްކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ ސެޝަން ނަންގަވައިދެއްވާނީ، އެމްއެންޔޫ ކުޅުދުއްފުށީ ކެންޕަހުގެ ލެކްޗަރާއިން ކަމަށް އެ ކޮމެޓީން ވަނީ ބުނެފައެވެ.
"އަހަރެންގެ ކުރިމަގު ބައްޓަން ކުރާނީ ކިހިނެއް؟" ގެ ނަމުގައި ކުރިއަށް ގެންދާ މި ސެޝަނަކީ، އެ ރަށު ސްކޫލްގެ ގްރޭޑް 7 އިން 10 އަށް ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ސެޝަނެކެވެ.
މި ސެޝަންގައި މުސްތަޤްބަލްގައި އިޙްތިޔާރުކުރާނެ ތަފާތު އެކި ދާއިރާތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި އިންޖިނިއަރިން، މެޑިސިން، ޑިޒައިން، ބިޒްނަސް، ލޯޔަރ، ޓީޗިން އަދި އިތުރު ދާއިރާތައް ވެސް ހިމެނޭކަމަށް އެ ކޮމެޓީން ބުނެފައިވެއެވެ.
މި ސެޝަންގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން 7 ސެޕްޓެމްބަރ 2026 ގެ މެންދުރު 12:00 ގެ ކުރިން، އެ ކޮމެޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރުމަށް އތމ ކޮމެޓީން ވަނީ އެދިފައެވެ.
މި ސެޝަން ކުރިއަށް ދާނީ 12 ސެޕްޓެމްބަރ 2026 ގައި ނޭކުރެންދޫ ކައުންސިލް އިދާރާގެ ހޯލުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!