ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރ އެޅުމަށް ބިން ހަވާލުކޮށްފި
ކުޅުދުއްފުށި ސިޓީގައި ޓިވެޓް ސެންޓަރެއް ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގައި ޓިވެޓް ސެންޓަރ ޤާއިމްކުރުމަށް ކަނޑަައަޅާފައިވާ ބިން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ވަނީ ހަވާލުކޮށްފައެވެ. އަދި ޕްރޮޖެކްޓްގެ މަސައްކަތްކުރުމަށް ރޯޑް ދިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ވަނީ ސައިޓް ހަވާލުކޮށްފައި ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މި މަޝްރޫޢު ތަރައްޤީ ކުރުމަށް ބިން ހަމަޖައް...