ހއ. އިހަވަންދޫގައި ބޭއްވި ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައި، މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމުގައި ބައިވެރިވި އަންހެން ކަނބަލުންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެގޮތުން މި ޕްރޮގްރާމަކީ އަންހެން ކަންބަލުންނަށް ހާއްސްކޮށްގެން އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެ ރަށު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ބޭއްވި ކަސްރަތު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އިހަވަންދޫގައި ހަށިހެޔޮ މުޖުތަމައުއެއް ބިނާކޮށް އާންމު ދިރިއުޅުމުުގައި އުޅޭއިރުވެސް އަންހެނުންނަށް ހެލިފެލިވެ އުޅުމަށް ހިތްވަރުލައިދީ އަބަދުވެސް ދުޅަހެޔޮ ސިއްހަތެއް އިހްތިޔާރުކުރުމަށް އަންހެނުން ބާރުވެރިކުރުމެވެ.
މި ޕްރޮގްރާމުގައި ފިޓްނަސް އެންމެ ރަނގަޅު 3 ބައިވެރިންނަށް ހާއްސަ އިނާމެއް ވަނީ ހަދިޔާކޮށްފައެވެ. އަދި މި ޕްރޮގްރާމުގެ އެންމެ ގަދަ 10 ބައިވެރިން ހޮވައި، އެ ބައިވެރިންވެސް ވަނީ އިނާމު ހާސިލްކޮށްފައެވެ.
މީގެ އިތުރުން އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެހީވެދެއްވި އިހަވަންދޫ ޕޮލިސް ސްޓޭޝަނަށާއި އެ ރަށު ސްކޫލުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!