ހއ. ދިއްދޫގައި އައުޓްޑޯ ދެ ޖިމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާކަމަށް ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވެއްޖެއެވެ.

ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި އެރަށުގައި ޤާއިމްކުރެވޭ ޖިމްތަކަށް ބޭނުންވާނެ ވަޞީލަތްތައް ޤާއިމްކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

Ad
rt

އެގޮތުން ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމަށް އަޅާ މި ދެ ޖިމްގެ ތެރެއިން އެއް ޖިމަކީ ކައުންސިލާއި ގުޅިގެން ސަރުކާރުން އަޅައިދޭ ޖިމެކެވެ. އަނެއް ޖިމް ތަރައްގީ ކުރަނީ ދިއްދޫ ކައުންސިލުން ނެވެ.

އަބްދުالله ރަޝީދު ވިދާޅުވެފައިވާ ގޮތުގައި އައުޓްޑޯ ޖިމުތަކަށް ބޭނުންވާ ތަކެތި މިހާރު ވަނީ ދިއްދޫއަށް ގެންގޮސްފައެވެ. އަދި މި ދެތަން އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބިން މިހާރު ސާފުކޮށްފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރު "މެގަ ލިންކްސް ޕްރައިވެޓް ލިމިޓެޑް' ކިޔާ އަމިއްލަ ކުންފުންޏަކާއެވެ. އަދި މި މަސައްކަތުގެ އަގުގެ ގޮތުގައި މުޅި ޖުމްލަ 411،480 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.