ހުރިހާ ހާލަތެއްގައިވެސް ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިގޮތުން އެކަމަނާ މިހެން ވިދާޅުވީ ބައިނަލްޢަގުވާމީ ޢާއިލާތަކުގެ ދުވަހާއި ގުޅުވައިގެން މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

"އުފަލާއި ހިތާމައިގާ، ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ. ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މިއަދުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަމަށް ވަނީ ފާހަގަކުރަށްވާފައެވެ.

1993 ވަނަ އަހަރު، އެކުވެރި ދައުލަތްތައް (އދ)ގެ ޖެނެރަލް އެސެމްބްލީން ވަނީ ކޮންމެ އަހަރެއްގެ 15 މެއި އަކީ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަސް ގޮތުގައި ފާހަގަކުރުމަށް ނިންމާފައެވެ.

2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހގެ ޝިޢާރަކީ ''ދެމެހެއްޓެނިވި ތަރައްޤީއަށް ޢާއިލާއަށް އަމާޒުކޮށްފައިވާ ސިޔާސަތުތައް: ދެވަނަ ދުނިޔޭގެ އިޖްތިމާޢީ ތަރައްޤީގެ ސަމިޓަށް'' އެވެ.