ށ. ނަރުދޫ ކައުންސިލުން ކުރިއަށް ގެންދާ ކުނި މެނޭޖުކުރުމުގެ ޕްރޮގްރާމް ހަރުދަނާކުރުމަށް ބޭނުންވާ ދެ ވެހިކަލު ރަށަށް ގެންގޮސް ބޭނުންކުރަންފަށައިފިއެވެ.
އެގޮތުން ނަރުދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ޙާއްސަކޮށްގެން ބޭނުންކުރަން ފަށާފައިވަނީ 2 ރަށު ޕިކަޕެވެ.
ނަރުދޫ ކައުންސިލުން ބުނިގޮތުގައި މި ވެހިކަލްތައް ހޯދާފައި ވަނީ އެ އަތޮޅު ކައުންސިލުން ދިން 100،000.00 ރ. (އެއްލައްކަ ރުފިޔާ) ގެ ފައިސާގެ އެހީގައެވެ.
މިގޮތުން އަތޮޅު ކައުންސިލްގެ އެހީގައި ނަރުދޫ ކައުންސިލުން ވަނީ ކުނި މެނޭޖްކުރަން ހާއްސަ ދެ ރަށު ޕިކަޕް ހޯދާފައެވެ.
ނަރުދޫގައި މިހާރު ކުރިއަށް ގެންދާ ކުނި މެނޭޖުކުރުމުގެ ޕްރޮގްރާމުގެ މަގުސަދަކީ ރަށުގައި ކުނި މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ޤާއިމުކޮށް ސާފުތާހިރު މުޖުތަމައުއެއް ޤާއިމުކުރުމަށް މަސައްކަތްކުރުމެވެ.
ނަރުދޫ ކައުންސިލުން ރަށުގެ ސާފުތާހިރުކަން ދަމަހައްޓަން ޙާއްސަ އިސްކަމެއް ދީގެން މިފަދަ ޕްރޮގަރާމްތައް ހިންގާ، ކުނި މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމަށް ދަނީ އެކި ގޮތްތޮތުން މަސައްކަތްކުރަމުންނެވެ.
އަތޮޅު ކައުންސިލްގެ އެހީގައި ނަރުދޫ ކައުންސިލުން ވަނީ ކުނި އުކަން ހާއްސަ ދެ ރަށު ޕިކަޕް ހޯދިއިރު، ށ.އަތޮޅު ކައުންސިލަކީ އެ އަތޮޮޅު އިޖުތިމާއީ، އުމުރާނީ ތަރައްގީގައި ފާހަގަކޮށްލެވޭ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކައުންސިލެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!