Skip to main content

އައިޝަތު އައިނީ އާމިރު

Contributor
🇲🇻 ތިލަދުން Desk
542 Stories
160 Reads

Published on ތިލަދުން (Thiladhun) by އައިޝަތު އައިނީ އާމިރު

ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ފިނި މައިޒާނަށް އިތުރު ތަކެތި ހޯދައި ރަށުތެރޭ ޖޯލިފަތި ބަހައްޓައި ދެނީ
Thiladhunmathi News

ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ފިނި މައިޒާނަށް އިތުރު ތަކެތި ހޯދައި ރަށުތެރޭ ޖޯލިފަތި ބަހައްޓައި ދެނީ

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ފަރާތުން ތަރައްޤީކޮށްފައިވާ ފިނިމައިޒާނަށް އިތުރު ތަކެތި ސަޕްލައިކޮށްދިނުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. އެގޮތުން ޑަބްލިއުޑީސީއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕީކް ސްޓޯން ޕްރައިވެޓް ލިމިޓެޑްއާއިއެވެ.  މި މަސައްކަތް ހަވާލުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޑަބްލިއުޑީސީ ފިނިމައިޒާނަށް ބޯގަންވިލާ ސްޓޭންޑާއި އުނދޯލި ސްޓޭންޑްއެއް ސަޕްލައިކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުނ...

ޖަޕާނުގެ ސަފީރު ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރައްވައިފި
Thiladhunmathi News

ޖަޕާނުގެ ސަފީރު ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރައްވައިފި

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރައްވައިފިއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި ސަފީރު މިހާރު ކުޅުދުއްފުށީ ސިޓީއަށް ކުރަށްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ވަނީ ޖަޕާންގެ ނިޕޮން ފައުންޑޭޝަންގެ “ރީޑް ޖަޕާން” މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ރަސްމިއްޔާތު އިފްތިތާޙުކޮށްދެއްވާފައެވެ. މިގޮތުން ނިޕޮން ފައުންޑޭޝަންގެ “ރީޑް ޖަޕާން” މަޝްރޫޢުގެ...

ފޯކައިދޫ ކައުންސިލުން އެރަށު ޕޮލިހަށް އެހީތެރިކަން ފޯރުކޮށްދީފި
Thiladhunmathi News

ފޯކައިދޫ ކައުންސިލުން އެރަށު ޕޮލިހަށް އެހީތެރިކަން ފޯރުކޮށްދީފި

ށ. ފޯކައިދޫ ކައުންސިލުން، އެރަށު ރައްޔިތުންނަށް ބޭނުންވާ ބައެއް ކަންކަން ފަހިކޮށްދިނުމުގެ ގޮތުން އެ ރަށު ޕޮލިހަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފޯކައިދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ކުށުގެ ރެކޯޑް ސެޓްޕިކެޓް ޕްރިންޓް ކުރުމާއި، ރައްޔިތުން ގާތަށް ގޮސް ނަގަންޖެހޭ ބަޔާން ނެގުންފަދަ ކަންކަން ކުރުމަށް ބޭނުންވާ ލެޕްޓޮޕާއި، ކުލަ ޕްރިންޓަރ އެއް ވަނީ އެރަށު ޕޮލިސް ސްޓޭޝަނަށް އެ ކައުންސިލްގެ ފަރާތުން ހަދިޔާކޮށްފައެވެ. އަދި ކައުންސިލުން ސްޓޭޝަންގެ މަސައްކަތްތައް ހަރުދަނ...

ދިއްދޫ ކައުންސިލުން ވިލާ ކޮލެޖާއި ގުޅިގެން ނާސިންގ ކޯސްތަކެއް ހިންގަނީ
Thiladhunmathi News

ދިއްދޫ ކައުންސިލުން ވިލާ ކޮލެޖާއި ގުޅިގެން ނާސިންގ ކޯސްތަކެއް ހިންގަނީ

ހއ. ދިއްދޫގައި އެރަށު ކައުންސިލުން ވިލާ ކޮލެޖާއި ގުޅިގެން ނާރސިން ކޯސް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެގޮތުން ދިއްދޫގައި މި ޕްރޮގަރާމް ތައާރަފްކުރުމަށް ދިއްދޫ ކައުންސިލާއި ވިލާ ކޮލެޖުން ވަނީ ދެ ފަރާތުގެ ދެމެދުގައި އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައެވެ. ޕްރޮގްރާމު ދިއްދޫގައި ތައާރަފް ކުރުމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވެފައިވަނީ، ޒުވާނުންނާއި އެކި އުމުރުފުރާގެ ބޭފުޅުން ޝާމިލުވާގޮތަށް އެންމެ ގިނަ ކޯސް ހިންގާ ކައުންސިލަކީ ދިއްދޫ ކައުންސިލުކަމަށެވެ. އަދި މިވަގުތުވެސް...

ހޯރަފުށީގެ ދަރިވަރުންނަށް ސްޕޯޓްސް ޕްރޮގްރާމެއް ފަށައިފި
Raajje

ހޯރަފުށީގެ ދަރިވަރުންނަށް ސްޕޯޓްސް ޕްރޮގްރާމެއް ފަށައިފި

ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް “ލައިފް’ ގެ ނަމުގައި ކުރިއަށް ގެންދާ ސްޕޯޓްސް ޕްރޮގްރާމެއް ފަށައިފިއެވެ. މި މަހު 7 ވަނަ ދުވަހު ފެށި މި ޕްރޮގަރާމަކީ، ހޯރަފުށި ޕޮލިސް ސްޓޭޝަނާއި، ހއ. އަތޮޅު މަދަރުސާއާއި، ހޯރަފުށީ ކައުންސިލުގެ އިތުރުން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ޕްރޮގްރާމުުގެ ތެރެއިން ކުޅިވަރުގެ ހުނަރުތަކާއި އަހުލާގު ކުދިންނަށް ދަސްކޮށްދީ، ދީނީ ކަންކަމަށް އަހުލުވެރިކުރުމަށް މައުލޫމާ...

ކުޅުދުއްފުށީގައި ހުރި ސަރުކާރު ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކަށް އަވަސްކޮށް ދިނުމަށް އެދެފި
Thiladhunmathi News

ކުޅުދުއްފުށީގައި ހުރި ސަރުކާރު ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކަށް އަވަސްކޮށް ދިނުމަށް އެދެފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން މި ހަފްތާ ވުޒާރާތަކުގެ އިސްވެރިންނާ ކުރައްވާ ބައްދަލުވުންތަކުގެ ތެރެއިން ތަޢުލީމީ ވުޒަރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްލަތީފް މުޙައްމަދު އާއި ވުޒާރާގެ ބައެއް އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ. މި ހަފްތާގެ ބުދަ ދުވަހު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށ...

ކަރަންޓް ފޯރުކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރުން އަވަސްކޮށްދޭން އެދިއްޖެ
Thiladhunmathi News

ކަރަންޓް ފޯރުކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރުން އަވަސްކޮށްދޭން އެދިއްޖެ

ކުޅުދުއްފުށި ސިޓީ ކައުންސިލުން މި ހަފްތާ ވުޒާރާތަކުގެ އިސްވެރިންނާއި ކުރެއްވި ބައްދަލުވުންތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އޮޕަރޭޓިން އޮފިސަރ އާއި ބައްދަލުކުރައްވައިިފިއެވެ. މި ހަފްތާގެ ބުދަ ދުވަހު މިނިސްޓްރީގައި ކުރެއްވި މި ބަައްދަލުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް އާއި ކައުންސިލުގެ ބައެއް މެންބަރުން ބައިވެރިވެޑައިގެންފައިވެއެވެ. ސިޓީ ކައުންސިލުން މައުލޫމާތު ދިންގޮތުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މި ބައްދަލުވ...

ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދިނުމަށް އެދިއްޖެ
Thiladhunmathi News

ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދިނުމަށް އެދިއްޖެ

ކުޅުދުއްފުށި ސިޓީ ކައުންސިލުން، އިސްލާމީ ކަންތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ބައްދަލުކުރައްވައިފިއެވެ. އަންގާރަ ދުވަހު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް ބިނާކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ވަޒީރުގެ އަރިހުން އެދިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނި...

ކުޅުދުއްފުށީ "ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ" އިފްތިތާޙްކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ "ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ" އިފްތިތާޙްކޮށްފި

ކުޅުދުއްފުށި ސިޓީގައި “ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ” އެއް މިއަދު އިފްތިތާޙްކޮށްފިއެވެ. ކުޅުދުއްފުށި ސިޓީގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން އިފްތިތާޙްކުރި މި ކޮމިޓީ އަކީ ޤާނޫނުގެ (ނަމްބަރު 28/2015) ގެ ދަށުން ރާއްޖޭގެ ކޮންމެ ސިޓީއަކާއި، އަތޮޅަކާއި، މީހުން ދިރިއުޅޭ ރަށެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއެއް އުފައްދަން ލާޒިމުކޮށްފައިވާތީ އިފްތިތާޙްކޮށްފައިވާ ކޮމިޓީއެކެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމެޓީ އެކުލަވާލާފައިވަނީ ކުޅުދުއްފ...

ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ
Thiladhunmathi News

ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އާއި އެ ވުޒާރާގެ ބައެއް އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ. ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތްކުރަން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސަ...

ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރަފީ ވޯކްޝޮޕްގެ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރަފީ ވޯކްޝޮޕްގެ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީގައި ބާއްވާ “ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕަކީ އިންފިނިކާ އެކަޑަމީއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މިމަހު 21 އިން 24 އަށް ކުޅުދުއްފުށި ސިޓީގައި ބާއްވަން ހަމަޖެހިފައިވާ މި ވޯކްޝޮޕުގައި ފޮޓޯގްރަފީއަށް ޝައުގުވެރިވާ 15 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ހިލޭ ބައިވެރިވެވޭނެކަމަށް އިންފިނިކާ އެކަޑަމީ އިން ހިއްސާކޮށްފައިވާ އިއުލާނުގައިވެއެވެ. އެގޮތުން މި ވޯކްޝޮޕުގައި ކިޔަވައިދެވޭނެ މުހިންމު ބ...

ޔުނެސްކޯގެ އެހީގައި ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމަށް މަޝްވަރާކޮށްފި
Raajje

ޔުނެސްކޯގެ އެހީގައި ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމަށް މަޝްވަރާކޮށްފި

ޔުނެސްކޯގެ އެހީގައި ދިވެހިރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކޮށްފައި ވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާ މިއަދު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގައެވެ. ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މައުލޫމާތުދީފައިވާ ގޮތުގައި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯ...

ބަޖެޓާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކަންބޮޑުވުން ހިއްސާކޮށްފި
Raajje

ބަޖެޓާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކަންބޮޑުވުން ހިއްސާކޮށްފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފް އުމަރާއި ބައްދަލުކުރައްވައިފިއެވެ. މި ހަފްތާގެ ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި، 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ކުޅުދުއްފުއްޓަށް ހިިމެނިފައިވާ މަޝްރޫޢުތައް 2025 ވަނަ އަހަރު ބަޖެޓުން ފެންނަން ނެތުމުގެ...

އިހަވަންދޫ މަސްވެރިން އައިސް އުފުލާނެ ފިކަޕެއް އެސްޓީއޯއިން ހަދިޔާކޮށްފި
Business

އިހަވަންދޫ މަސްވެރިން އައިސް އުފުލާނެ ފިކަޕެއް އެސްޓީއޯއިން ހަދިޔާކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހއ. އިހަވަންދޫ މަސްވެރިން އައިސް އުފުލާނެ ޕިކަޕެއް އެރަށު ކައުންސިލަށް ހަދިޔާކޮށްދީފިއެވެ. އިހަވަންދޫ ކައުންސިލުން ވަނީ މަސްވެރިންނަށް ބޭނުންވާ އައިސް އުފުލުމަށް މިފަދަ ބޮޑު އެހީއެއް ވެފައިވާތީ، މަސްވެރިންނާއި އެ ކައުންސިލުގެ ފަރާތުން އެސްޓީއޯގެ މެނޭޖްމެންޓަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އިހަވަންދޫ އަކީ ރާއްޖޭގެ އުތުރުގެ މަސްވެރިކަމަށް ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ. އަދި އެރަށަކީ އެރަށުގެ މަސްވެރިންގެ ބައިވެރިވުމާއެކު އިގްތިސޯދީ ގުދުން ފުދުންތެ...

ފީވަކަށް ޒިޔާރަތްކުރާ މީހުންނަށް ބަނދަރުގައި މަޑުކޮށްލަން ފަސޭހަކޮށްދިނުމަށް ގޮނޑި ބަހައްޓައިފި
Thiladhunmathi News

ފީވަކަށް ޒިޔާރަތްކުރާ މީހުންނަށް ބަނދަރުގައި މަޑުކޮށްލަން ފަސޭހަކޮށްދިނުމަށް ގޮނޑި ބަހައްޓައިފި

ށ. ފީވަކަށް ޒިޔާރަތްކުރާ މީހުންނަށް ބަނދަރުގައި މަޑުކޮށްލަން ފަސޭހަކޮށްދިނުމަށް ގޮނޑި ބަހައްޓައިފިއެވެ. ފީވަކު ކައުންސިލުން ބުނެފައިވާ ގޮތުގައި މިއީ، ފީވަކުގައި ބަނދަރު ރީތިކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އެގޮތުން ރަށުގެ ބަނދަރަށް އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު މަޑުކޮށްލުމުގެ އިންތިޒާމު ހަމަޖައްސައިދީ، ބަނދަރު ޒީނަތްތެރިކުރުމުގެ ގޮތުން ފީވަކު ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ފީވަކު ޕޮލިސް ސްޓޭޝަންގެ އިތުރުން ވެލާރޯ އިންވ...