އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނަން: އީރާނުގެ ޗީފް ކޮމާންޑަރ
ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެކަމަށާއި، އެކަމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އީރާނުގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރ މޭޖަރ ޖެނެރަލް އަބްދުލްރަހީމް މޫސާވީ ވިދާޅުވެއްޖެއެވެ. މޫސާވީ މި ވާހަކަ ދެއްކެވީ ހަމާސްގެ ވެރިޔާގެ މަގާމަށް ޔަހްޔާ ސިންވާރް އައްޔަން ކުރުމާ ގުޅޭ ގޮތުން ދެއްވި ބަޔާނެއްގައެވެ. އޭނާ ވިދާޅުވީ “ޔަހޫދީ ދައުލަތައް ވަރަށް އަވަހަށް ގަދަފަދަ ރައްދެއް ދޭތަން ފެނިގެންދާނެ، […]