ދުނިޔޭގެ ސްޓޮކް މާކެޓް ވެއްޓުމަށް މައިގަނޑު ގޮތެއްގައި ޒިންމާވާންޖެހެނީ ސިޔާސީ ގޮތުން ދަރަނި ނުބެލެހެއްޓުމާއި، ސިޔާސީ ބޭނުމަށް ޙަޤީޤަތް އޮޅުވާލުމާއި، އޭގެ ސަބަބުން އުފެދުނު އިންފްލޭޝަންކަމަށް ތަޖުރިބާކާރު މާލީ ދިރާސާވެރިއެއް ކަމަށްވާ ޕޯލް ގޮންޗަރޮފް ވަނީ ބުނެފައެވެ.
ގޮންޗަރޮފް ބުނިގޮތުގައި ޖީ7 ގައުމުތަކުގެ އިޤްތިޞާދުތައް ދަށަށް ދިއުމާއެކު އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި ޖަޕާނުގެ އިޤްތިޞާދުތައް ރަނގަޅު ނޫންކަން ފާހަގަކޮށްފައިވެއެވެ. އެމެރިކާގެ މެނުފެކްޗަރިންގ ސެކްޓަރ ވިދިވިދިގެން 4 މަސް ދުވަހު ދަށަށް ގޮސްފައިވާކަމަށް އޭނާ ބުންޏެވެ.
ޖަޕާނުގެ ނިކެއި 225 ސްޓޮކް އިންޑެކްސް 12.4 އިންސައްތަ ދަށަށް ދިއުމާއެކު، އެމެރިކާގެ އިޤްތިޞާދީ ހާލަތާއި މެދު ކަންބޮޑުވުން އުފެދި، އިންވެސްޓަރުން ހިއްސާ ވިއްކާލަން ފެށިއެވެ. އެމެރިކާގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް 4.3 އިންސައްތައަށް އަރާފައިވާކަން ދައްކުވައިދޭ ރިޕޯޓަކާ ގުޅިގެން ދުނިޔޭގެ މާކެޓްތަކުގައި މިކަން ފެށުނެވެ.
ގޮންޗަރޮފް ބުނިގޮތުގައި ދުނިޔޭގެ މާލީ ދައުރުވުން ބިނާވެފައިވަނީ ދަރަނީގެ މައްޗަށެވެ. އަދި އެމެރިކާގެ އިޤްތިޞާދު ވަނީ ދަރަނީގެ އިޤްތިޞާދަކަށް ބަދަލުވެފައެވެ. އެމެރިކާގެ ދަރަނި ގަތުމަށް އާ ގަންނަން މީހުން ޝައުޤުވެރިކުރުވަނީ ފައިދާ އިތުރުކޮށްގެން ކަމަށާއި، އެކަމުގެ ސަބަބުން އެތައް މައްސަލަތަކެއް ދިމާވާކަމަށް އޭނާ ބުންޏެވެ.
ގޮންޗަރޮފް ފާހަގަކުރިގޮތުގައި މެދު އިރުމަތީގައި ހިނގާ ކަންކަމުގެ ސަބަބުން "ކުރިމަތިވެފައިވާ ޖިއޯއިކޮނޮމިކް އަދި ޖިއޯޕޮލިޓިކަލް ކޯލްޑްރަން" އަށް އިތުރު ބާރު ލިބި، އެކަން "އިތުރަށް ގޯސްވުމުގެ" ފުރުސަތު އޮތްކަމަށް އޭނާ ބުންޏެވެ.
"އެމެރިކާ ސަރުކާރުގެ ހަޤީޤީ މަޤްސަދުތަކާއި ލަނޑުދަނޑިތަކާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރު ބޮޑު މިންވަރަކަށް ގެއްލެމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. މިކަމުގެ ސަބަބުން މާކެޓްގެ ހަލަބޮލިކަމާއި ޔަޤީންކަން ނެތް މިންވަރު އިތުރުވެގެންދޭ،" އޭނާ ނިންމާލަމުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!