އަލްޖަޒީރާގެ ދެ ނޫސްވެރިޔަކު އިސްރާއީލުން ޣައްޒާގައި މަރާލައިފި
އަލްޖަޒީރާގެ ދެ ނޫސްވެރިޔަކު އިސްރާއީލުން ޣައްޒާގައި މަރާލައިފިއެވެ. ޣައްޒާގައި އަލްޖަޒީރާގެ ނޫސްވެރިޔަކާއި ކެމެރާމަނަކު މަރާލުމާ ގުޅިގެން، ނޫސްވެރިން ރައްކާތެރިކުރުމަށް ޖެރޫސަލަމްގައި ހުންނަ ބްރިޓާނިއާގެ ކޮންސިއުލޭޓުން ވަނީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އިޒްރޭލުން މަރާލި ދެ ނޫސްވެރިންނަކީ އަލްޖަޒީރާގެ އިސްމާޢީލް އަލް-ޣޫލްއާއި އޭނާގެ އެކުވެރި ކެމެރާމަން ރާމީ އަލް-ރިފީއެވެ. ކޮންސިއުލޭޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި ޣައްޒާގައި އިތުރު ދެ ނޫ...