Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ޔުކްރެއިން ސިފައިން ހަމަލާދީފި
International

ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ޔުކްރެއިން ސިފައިން ހަމަލާދީފި

ޔުކްރެއިންގެ ދެކުނު ސަރަހައްދުގައި އޮންނަ ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ޔުކްރެއިން ސިފައިން ހަމަލާދީފީއެވެ. ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއަރ ޕަވަރ ޕްލާންޓް ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ޔުކްރެއިން ސިފައިން ދިން ހަމަލާއާ ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަރިއާ ޒަކަރޯވާ ވަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފަ އެވެ. އޭނާ މި ހަމަލާ ސިފަކޮށްފައިވަނީ “ޔޫރަޕު ބައްރުގައި ނިއުކްލިއަރ ޓެރަރިޒަމް” ގެ ގޮތުގައެވެ. ޓާސް އިން ރިޕޯޓުކުރި ގޮތުގައި މި ހަމަލާގައި ޒަޕޮރިޒިއާ ނިއު...

އިންސްޓަގްރާމަށް މިހާރު އެއްފަހަރާ 20 ފޮޓޯ އާއި ވީޑިއޯ ލެވޭނެ
International

އިންސްޓަގްރާމަށް މިހާރު އެއްފަހަރާ 20 ފޮޓޯ އާއި ވީޑިއޯ ލެވޭނެ

ދުނިޔޭގެ އެންމެ މަޤްބޫލު ފޮޓޯ ހިއްސާކުރާ ޕްލެޓްފޯމް، އިންސްޓަގްރާމުން އިތުރު ބޮޑު ބަދަލެއް ގެނެސްފިއެވެ. މިގޮތުން، މިހާރު އެއް ޕޯސްޓެއްގައި އެއްފަހަރާ 20 ފޮޓޯ ނުވަތަ ވީޑިއޯ އަޕްލޯޑް ކުރެވޭނެއެވެ. އިންސްޓަގްރާމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިހާރު އެއް ކެރޮސެލްއެއްގައި ނުވަތަ ޕޯސްޓެއްގައި 20 ފޮޓޯ ނުވަތަ ވީޑިއޯ އެޑް ކުރެވޭނެ ކަމަށެވެ. މީގެ ކުރިން އެއް ޕޯސްޓެއްގައި އަޕްލޯޑް ކުރެވެނީ 10 ފޮޓޯ ނުވަތަ ވީޑިއޯއެވެ. އިންސްޓަގްރާމްގައި ކެރޮސެލްސް ފީޗާ ނުވަތަ އެއް ޕޯސްޓެއްގައި […]

ޚާން ޔޫނުސްގެ އިރުމަތީގައި ދިރިއުޅޭ ރައްޔިތުން އެތަނުން ފައިބަން އިސްރާއީލުން އަމުރުކޮށްފި
International

ޚާން ޔޫނުސްގެ އިރުމަތީގައި ދިރިއުޅޭ ރައްޔިތުން އެތަނުން ފައިބަން އިސްރާއީލުން އަމުރުކޮށްފި

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގެ އިރުމަތީގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުން ނުކުމެ ދިއުމަށް އިސްރާއީލު އޮކިއުޕޭޝަން ސިފައިން އަމުރުކޮށްފިއެވެ. މި ހަނގުރާމައިގައި ގިނަ އާއިލާތަކުން ދެވަނަ އަދި ތިންވަނަ ފަހަރަށްވެސް ހިޖުރަކުރަން މަޖުބޫރުވެފައިވާ ހިނދު، އަނެއްކާވެސް އެފަދަ އަމުރެއް ނެރުމުން އެ ސަރަޙައްދުގައި ތިބި ރައްޔިތުންނަށް މިވަނީ އެމީހުން ދާނެ ދިމާއެއް ނެތި މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ. މި އަމުރާ ގުޅިގެން ގިނަ ބަޔަކު ދާންވީ ކޮންތާކަށްކަން ނޭނގި އެކިދިމަދިމާއަށް ފުރާނަ...

ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ
International

ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ

ޣައްޒާގެ އުތުރުގައި ހުންނަ ދަރާޖު ނެއިބާހުޑްގެ އަލް ތާބިއީން ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އިއްޔެ ރޭ ފަތިހު އެސްކޫލްގައި ދިރިއުޅޭ އެތައްސަތޭކަ ބަޔަކު ފަތިސް ނަމާދު ކުރަން ތިއްބައެވެ. “އަލްޖަޒީރާ” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އަދި ހަމަލާދިން ވަގުތު އިމާރާތުގައި 250 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ. […]

ވަންޕާސްވޯޑް އެޕްގެ ޔޫޒަރުންނަށް އިންޒާރެއް، މައުލޫމާތު ލީކްވެދާނެ
International

ވަންޕާސްވޯޑް އެޕްގެ ޔޫޒަރުންނަށް އިންޒާރެއް، މައުލޫމާތު ލީކްވެދާނެ

މިހާރު އެންމެ ރަނގަޅު ޕާސްވޯޑް މެނޭޖަރުންގެ ތެރޭގައި ހިމެނޭ “ވަންޕާސްވޯޑް” އިން މެކް ބޭނުންކުރާ ފަރާތްތަކަށް އިންޒާރު ދީފިއެވެ. އެ ފަރާތްތަކުގެ ޑޭޓާ ރައްކާތެރިކުރުމަށްޓަކައި އަވަހަށް ޕެޗް އަޕްޑޭޓް ކުރުމަށް އެ ކުންފުނިން ގޮވާލާފައިވެއެވެ. މިގޮތަށް ގޮވާލާފައިވަނީ އެޕްލިކޭޝަނުން ފެނުނު މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގެ ސަބަބުން ހެކަރުންނަށް ޕާސްވޯޑް ވޯލްޓްތަކަށް ވަދެ، އޭގައިވާ މަޢުލޫމާތު ހޯދުމުގެ ފުރުސަތު އެބައޮތެވެ. ވަންޕާސްވޯޑް ގައި ޕާސްވޯޑް ރައްކާކޮށްފައިވާ ފަރާތްތަކަށް އެކި ބޭނުންތަކަށ...

ޔުކްރެއިންގެ ދިފާޢީ އޮފިޝަލެއްގެ ކާރުން 5 މިލިއަން ޔޫރޯ ފެނިއްޖެ
International

ޔުކްރެއިންގެ ދިފާޢީ އޮފިޝަލެއްގެ ކާރުން 5 މިލިއަން ޔޫރޯ ފެނިއްޖެ

ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކަށް ނިސްބަތްވާ ކާރެއްގައި ފޮރުވާފައި ހުރި ގާތްގަނޑަކަށް ފަސް މިލިއަން ޔޫރޯގެ ކޭޝް ފެނިއްޖެއެވެ. މި ހާދިސާގެ ސަބަބުން އެގައުމުގެ ދިފާއީ އިދާރާގެ ތެރޭގައި ހިންގާ ކޮރަޕްޝަނާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. ކަމާބެހޭ ފަރާތްތަކުން މި ބޮޑު އަދަދު ހާމަކުރީ ރޫޓިން ޗެކެއް ނުވަތަ ޓާގެޓެޑް އިންވެސްޓިގޭޝަނެއް ކަމަށް ބެލެވޭ ގޮތަށެވެ. އަނެއްކޮޅުން މިފައިސާ ރައްކާކޮށްފައިހުރި ކާރަކީ އަގުބޮޑު ޓެގާއި ޕާފޯމަންސަށް މަޝްހޫރު ލަގްޒަރީ އެސްޔޫވީ އަކަށްވާއިރު،...

ޣައްޒާ ހަނގުރާމަ ފެށުނުފަހުން "އަންރުވާ"ގެ 205 އެހީތެރިން އިސްރާއީލުން ޝަހީދުކޮށްފި
International

ޣައްޒާ ހަނގުރާމަ ފެށުނުފަހުން "އަންރުވާ"ގެ 205 އެހީތެރިން އިސްރާއީލުން ޝަހީދުކޮށްފި

ޣައްޒާ ހަނގުރާމަ ފެށުނުފަހުން “އަންރުވާ”ގެ 205 އެހީތެރިން އިސްރާއީލުން ޝަހީދުކޮށްލައިފިއެވެ. ފަލަސްޠީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އެޖެންސީ (އަންރުވާ) އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި 205 އިންސާނީ އެހީތެރިން މަރުވެފައިވެއެވެ. އަންރުވާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން “އާންމު ރައްޔިތުން މަރުވެ، މީހުން ގެދޮރު ދޫކޮށް ފިލައި، އަދި ގޭގެއާއި އާންމު ވަސީލަތްތައް ހަލާ...

ބްރެޒިލްގެ ސާއޯ ޕައުލޯގައި މަތިންދާބޯޓެއް ވެއްޓި 61 މީހުން މަރުވެއްޖެ
International

ބްރެޒިލްގެ ސާއޯ ޕައުލޯގައި މަތިންދާބޯޓެއް ވެއްޓި 61 މީހުން މަރުވެއްޖެ

ބްރެޒިލްގެ ސާއޯ ޕައުލޯ ބޭރުގައި މަތިންދާބޯޓެއް ވެއްޓި 61 މީހުން މަރުވެއްޖެކަމަށް ވޯޕާސް އެއަރލައިންއިން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ވޯޕާސްގެ ބަޔާނުގައި ބުނެފައިވަނީ ފްލައިޓް 2283 ގައި ތިބި 61 މީހުން ވެސް ހާދިސާ ހިނގި ތަނުގައި މަރުވެފައިވާ ކަމަށެވެ. މި އުޅަނދުގައި 57 ފަސިންޖަރުންނާއި 4 ކުރޫ މެންބަރުން ތިބިކަމަށް އެއަރލައިނުން މަޢުލޫމާތު ދީފައިވެއެވެ. މި ހާދިސާއާ ގުޅިގެން އިޖުތިމާޢީ ވިއުގަތަކުގައި ދައުރުވަމުންދާ ވީޑިއޯތަކުގައި ފެންނަނީ އުޅަނދު...

އިޒްރޭލުގެ އިޤްތިސާދު ފުން އަނދަވަޅަކާއި ދިމާއަށް
International

އިޒްރޭލުގެ އިޤްތިސާދު ފުން އަނދަވަޅަކާއި ދިމާއަށް

އިޤްތިޞާދީ ނުރައްކަލެއްގެ ތެރެއަށް އިޒްރޭލް ހިނގައިދާނެކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ. އިޒްރޭލުގެ މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ޖޫން މަހު އެ ޤައުމުގެ އިޤްތިސާދީ ހާލަތު އިތުރަށް ދަށަށް ގޮސްފައިވެއެވެ. މި ގޮތުން، ޖީޑީޕީގެ 7.6 އިންސައްތަ އަރާ މިންވަރަށް، 39.77 ބިލިއަން ޑޮލަރުގެ ފިސްކަލް ޑެފިސިޓެއް ރެކޯޑުކޮށްފައިވެއެވެ. އިޒްރޭލުގެ އިމަރޖިންގ ޓެކްނޮލޮޖީ ކުންފުނިތަކުގެ ގެއްލުން 15 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މި ސެކްޓަރުގެ 37 އިންސައްތަ ކުންފުނިތައް ގައުމުން ބޭރަށް ފިލައިގެނ...

ޔޫކްރެއިން ސިފައިން ރަޝިއާއަށް އަރައި ހަނގުރާމަ ކުރަމުންދާ ކަމަށް ބުނެފި
International

ޔޫކްރެއިން ސިފައިން ރަޝިއާއަށް އަރައި ހަނގުރާމަ ކުރަމުންދާ ކަމަށް ބުނެފި

ޔޫކްރެއިން ސިފައިން ރަޝިއާގެ ސަރަހައްދަށް އަރައި ރަޝިއާ ސިފައިންނާ ހަނގުރާމަ ކުރަމުންދާ ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެފިއެވެ. ރަޝިއާގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ރަޝިއާގެ ބޯޑަރުން 10 ކިލޯމީޓަރު އެތެރެއަށް ޔޫކްރެއިން ސިފައިން ވަދެފައިވާ ކަމަށާއި، ރަޝިއާގެ ސިފައިން ޔޫކްރެއިންގެ ފައުޖުއާ ހަނގުރާމަ ކުރަމުންދާތާ ތިން ދުވަސް ވެއްޖެ ކަމަށް ބުރާސްފަތި ދުވަހު ބުނެފައިވެއެވެ. ޔޫކްރެއިން ސިފައިން ރަޝިއާގެ ކާސްކް ސަރަހައްދަށް ވަދެފައިވަނީ އަންގާރަ ދުވަހު ކަމަށް ރަޝިއާގެ އަސްކަ...

International

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާގެ މަގާމުގެ ހުވައި ޔޫނުސް ކުރައްވައިފި

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާގެ މަގާމުގެ ހުވައި ނޮބެލް އިނާމު ހާސިލް ކުރައްވާފައިވާ އުމުރުފުޅުން 84 އަހަރުގެ މުހައްމަދު ޔޫނުސް ކުރައްވައިފިއެވެ. ޔޫނުސް މަގާމުގެ ހުވައި ކުރެއްވީ ވެރިރަށް ޑާކާގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަގާމުގެ ޒިންމާ އިޚްލާސްތެރި ކަމާއެކު އަދާ ކުރައްވާނެ ކަމަށާއި، ބަންގްލަދޭޝްގެ ގާނޫނު އަސާސީ ނަގަހައްޓަވާނެ ކަމަށް ޔޫނުސް ވިދާޅުވިއެވެ. ޔޫނުސްގެ އެންމެ މުހިންމު މަސައްކަތްޕުޅަކަށް ވާނީ ބަންގްލަދޭ...

ގޫގުލް އިން ތިބާގެ ކަންފަތަށް ވެސް އޭއައި ފޯރުކޮށްދެނީ
International

ގޫގުލް އިން ތިބާގެ ކަންފަތަށް ވެސް އޭއައި ފޯރުކޮށްދެނީ

ގޫގުލްއިން ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާ އެކުންފުނީގެ އެންމެފަހުގެ އިއަރބަޑްސް އާއެކު ތިބާގެ ކަންފަތަށްވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފޯރުކޮށްދޭނެކަމަށް ރިޕޯޓެއްގައި ބުނެފިއެވެ. 9ޓު5 ގޫގުލްގެ އޭޕީކޭ އިންސައިޓްގެ ރިޕޯޓެއްގައި ބުނެފައިވާގޮތުން ގޫގުލްއިން އަންނަނިވި ދުވަސްތަކުގައި ޕިކްސެލް ބަޑްސް ޕްރޯ 2 ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މި އައު އިއަރބަޑްސްގައި އޭއައި ޓެކްނޮލޮޖީ ހިމެނޭނެ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ. 9ޓު5ގޫގުލްގެ އޭޕީކޭ އިންސައިޓް އިން ހޯދާފައިވާ މަޢުލޫމާތުތ...

ސެމްސަންގުން ސެކިއުރިޓީ މައްސަލަ ހޯދާ ފަރާތްތަކަށް 1 މިލިއަން ޑޮލަރު ދޭން ނިންމައިފި
International

ސެމްސަންގުން ސެކިއުރިޓީ މައްސަލަ ހޯދާ ފަރާތްތަކަށް 1 މިލިއަން ޑޮލަރު ދޭން ނިންމައިފި

ސެމްސަންގުން އެ ކުންފުނީގެ މޯބައިލް ޑިވައިސްތަކުގައި ސެކިއުރިޓީ މައްސަލަތައް ހޯދައިދޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް އައު ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. މި ޕްރޮގްރާމުގެ ދަށުން ސެމްސަންގުގެ ސޮފްޓްވެއަރތަކުގައި ހުރި ސެކިއުރިޓީ މައްސަލަތައް ހޯދައިދޭ ފަރާތްތަކަށް އެއް މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދިނުމަށް ވަނީ ނިންމާފައެވެ. “އިމްޕޯޓަންޓް ސެނާރިއޯ ވަލްނަރަބިލިޓީ ޕްރޮގްރާމް (އައިއެސްވީޕީ)” ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި ޕްރޮގްރާމުގެ ދަށުން، ޑިވައިސް އަންލޮކްކުރުމާއި، ޑޭޓާ ނެގުމާއި، ޑ...

އިރާނާއި އިސްރާއީލާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރާނެ: މާހިރުން
International

އިރާނާއި އިސްރާއީލާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރާނެ: މާހިރުން

އިރާނާއި އިސްރާއީލާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބައިނަލްއަޤްވާމީ މާހިރުން ވަނީ ވިދާޅުވެފައެވެ. މިގޮތުން ލެބަނަންގެ ހަކަތައާ ބެހޭ ޕޮލިސީ ދިރާސާކުރައްވާ މާކް އައޫބް އަދި ބައިނަރީ އިކޮނޮމިކްސްގެ ޕްރޮފެސަރ ރޮޑްނީ ޝޭކްސްޕިއަރ ވިދާޅުވި ގޮތުގައި މިފަދަ ހަނގުރާމައެއް ފެށިއްޖެނަމަ ތެލުގެ އަގު ބެރެލަކަށް 150 ޑޮލަރަށް އަރާފާނެއެވެ. ޚާއްޞަކޮށް އިރާނުން ހޯމުޒް ހަނިކަނޑު ބަންދުކޮށްފިނަމަ މިކަން ދިމާވެދާނެއެވެ. މި ހަނިކަނޑުން ދުވާލަކު 17 މިލި...

ޓެކްސާސްގެ ސްކޫލެއްގައި ކަޅު ހެދުން މަނާކޮށްފި
International

ޓެކްސާސްގެ ސްކޫލެއްގައި ކަޅު ހެދުން މަނާކޮށްފި

އެމެރިކާގެ ޓެކްސާސްގައި ހުންނަ އެލް ޕާސޯ އިންޑިޕެންޑެންޓް ސްކޫލް ޑިސްޓްރިކްޓްގެ ޗާލްސް މިޑްލް ސްކޫލުން ދަރިވަރުންނަށް ކަޅު ހެދުން ލުން މަނާކޮށްފިއެވެ. މިގޮތަށް ނިންމީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިއާޔަތްކޮށެވެ. ސްކޫލުގެ ޕްރިންސިޕަލް ނިކް ޑިސަންޓިސް ބެލެނިވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކަޅު ޓޮޕާއި ކަޅު ބޮޓަމް ލައިގެން އުޅުމުގެ “ލުކް” އެއް ސްކޫލުގައި ފެތުރެމުންދާ ކަމަށެވެ. އަދި މި “ލުކް” އަކީ އުފާވެރި އަދި ދުޅަހެޔޮ ކުދިންނާ ގުޅުވުމުގެ ބަދަލުގައި ޑިޕްރެޝަންއާއި ނަފްސާނީ މައްސަ...