ޣައްޒާއަށް އިސްރާއީލުން އަރާ ހަނގުރާމަ ފެށިފަހުން މިހާތަނަށް އިސްރާއީލްގެ 10,000 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލީ ނޫސް "ޔެދިއޯތް އަހަރޯނޯތް" ނޫހުން ބުނެފައިވަނީ ކޮންމެ މަހަކު 1,000 އާ ގާތްކުރާ އަދަދެއްގެ ސިފައިން ދިފާއީ މިނިސްޓްރީގެ ރިހެބިލިޓޭޝަން ޑިޕާޓްމަންޓަށް ބަދަލުކުރެވޭ ކަމަށެވެ. އަދި ގާޒާގައި ހިނގަމުންދާ ދިގު މުއްދަތުގެ ހަނގުރާމައިގައި މަދުވެގެން 10,000 ސިފައިން މަރުވެ ނުވަތަ އަނިޔާވެފައިވާ ކަމަށް ބުނެފައިވެއެވެ.

Ad
rt

އިސްރާއީލުގެ ޕާލިމަންޓް ކަމުގައިވާ ކެނެސެޓުން ސިފައިންގެ މަޖުބޫރު ޚިދުމަތުގެ މުއްދަތު އިތުރުކުރުމުގެ ޤާނޫނު ފާސްނުކޮށް ހޫނު މޫސުމުގެ ޗުއްޓީއަށް ދިއުމާމެދު މި ނޫހުން ފާޑުކިޔާފައިވެއެވެ.

އިސްރާއީލުގެ ނަހަލް ބްރިގޭޑްގައި ޚިދުމަތްކުރާ ސިފައިންގެ މަންމައެއް ބުނެފައިވަނީ އިސްރާއީލުގެ ހަނގުރާމައިގެ ތާރީޚުގައި މިފަދަ ހާލަތެއް ދިމާވެފައި ނުވާ ކަމަށެވެ. އެއީ ސިފައިން ދުޝްމަނުންގެ ސަރަހައްދުގައި، އެކަށީގެންނުވާ ހާލަތެއްގައި، 10 މަސް ދުވަހު ވަންދެން ހަނގުރާމަ ކުރަމުން ދިއުމެވެ.

މީގެ އިތުރުން، އިސްރާއީލުން ހިފާފައިވާ ސީރިއާގެ ގޯލަން ހައިޓްސްގައި ޚިދުމަތްކުރާ އަންހެން ސިފައިންނަށް ކުއްލިއަކަށް އެމީހުންގެ ޚިދުމަތުގެ މުއްދަތު އިތުރު 4 މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށްވެސް މި ނޫހުން ރިޕޯޓުކޮށްފައިވެއެވެ.