ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާއި ފަލަސްތީނަށް ތާއީދުކުރާ ޕޯސްޓްތަކަށް ހުރަސްއަޅާތީ ތުރުކީން އިންސްޓަގްރާމް ބްލޮކްކޮށްފިއެވެ.
ތުރުކީގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް އޮތޯރިޓީ (ޓީކޭއެމް) އިން އިއްޔެއިން ފެށިގެން އިންސްޓަގްރާމަށް ނުވަދެވޭގޮތަށް ބްލޮކްކޮށްފައިވާއިރު، މިގޮތަށް ބްލޮކްކުރީ ހަނިއްޔާ އާއި ފަލަސްތީނަށް ތާއީދުކުރާ ޕޯސްޓްތަކަށް އިންސްޓަގްރާމުން ހުރަސްއަޅާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ތުރުކީން އެޅި މި ފިޔަވަޅާ ގުޅިގެން ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިފިޔަވަޅަށް ތާއީދުކޮށް އެހެން ގައުމުތަކުންވެސް މިގޮތަށް އަމަލު ކުރުމަށް ގޮވާލައިފައެވެ. އެގޮތުން ފަލަސްތީނަށް ތާއީކުދުރާ އެކްޓިވިސްޓަކު ޓިކްޓޮކްގައި ބުނީ ތުރުކީން އެޅިވަރަށް ރަނގަޅު ފިޔަވަޅެއްކަމަށާއި، އެއީ އިންޓަގްރާމް ޒިންމާދާރު ކުރުމަށް ދެވުނު ރަނގަޅު އަދަބެއް ކަމަށެވެ. އިންސްޓާގްރާމަށް ފާޑުކިޔަމުން އޭނާބުނީ ހަނިއްޔާއަށާއި، ފަލަސްތީނަށް ތާއީދުކޮށް އެކިފަރާތްތަކުން ކޮށްފައިވާ 4 މިލިއަނަށް ވުރެ ގިނަޕޯސްޓު އިންސްޓަގްރާމުން ފޮހެލައިފައިވާކަމަށެވެ. 15 މިލިއަން ޔޫޒަރުން ތުރުކީގައި އިންސްޓަގްރާމް ބޭނުން ކުރާއިރު، އެހެން ގައުމުތަކުންވެސް މިފަދަ ފިޔަވަޅުތައް އެޅުމަށް އޭނާ ގޮވާލިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލީ ބުދަ ދުވަހު އީރާނުގެ ވެރިރަށް ތެހްރާންގައެވެ. ހަމާސްއާއި އީރާނުން މި މަރުގެ ޒިންމާ އަޅުވާފައިވަނީ އިސްރާއީލުގެ ބޮލުގައެވެ. އަދި ޓެލް އަވީވުން ވެސް މިކަމުގެ ޒިންމާ ވަނީ ނަގާފައެވެ.
މި ހާދިސާއާ ގުޅިގެން ތުރުކީން އިންސްޓަގްރާމް ބްލޮކްކުރުމަކީ އެ ޤައުމުން ފަލަސްތީނުގެ މައްސަލައަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. އަދި މީސްމީޑިއާގެ ޕްލެޓްފޯމްތަކުން މިފަދަ މުހިންމު މައުލޫމާތު ހިއްސާކުރުމަށް ހުރަސްއެޅުމާމެދު ތުރުކީން ކަންބޮޑުވާކަން ވެސް މި ފިޔަވަޅުން ހާމަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!