ގޫގުލްއިން ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާ އެކުންފުނީގެ އެންމެފަހުގެ އިއަރބަޑްސް އާއެކު ތިބާގެ ކަންފަތަށްވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފޯރުކޮށްދޭނެކަމަށް ރިޕޯޓެއްގައި ބުނެފިއެވެ.
9ޓު5 ގޫގުލްގެ އޭޕީކޭ އިންސައިޓްގެ ރިޕޯޓެއްގައި ބުނެފައިވާގޮތުން ގޫގުލްއިން އަންނަނިވި ދުވަސްތަކުގައި ޕިކްސެލް ބަޑްސް ޕްރޯ 2 ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މި އައު އިއަރބަޑްސްގައި އޭއައި ޓެކްނޮލޮޖީ ހިމެނޭނެ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
9ޓު5ގޫގުލްގެ އޭޕީކޭ އިންސައިޓް އިން ހޯދާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ގޫގުލްގެ އެޕްލިކޭޝަންގެ އައު ބީޓާ ވާޝަންގައި އޭއައި އެސިސްޓެންޓެއް ހެޑްފޯނުގައި އެކުލެވިގެން ވާނެއެވެ. އަދި އެ ހެޑްފޯނު ނުވަތަ އިއާބަޑްސް މެދުވެރިކޮށް ގޫގުލް ޖެމިނައި އާ ވާހަކަދެއްކޭނެއެވެ. އޭގެ ނަތީޖާއަކަށްވާނީ ތިބާގެ ސުވާލުތަކަށް ޖެމިނައި އިން ފުރިހަމަ ޖަވާބުތަކެއް ވަގުތުން ވަގުތަށް ފޯރުކޮށްދިނުމެ.
މީގެ ކުރިން ފެބްރުއަރީ މަހު ނެރުނު ބީޓާ ވާޝަންގައިވެސް ޖެމިނައި އިއަރބަޑްސްއަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޕިކްސެލް ޓެބްލެޓަށްވެސް ޖެމިނައި ގެނައުމަށް ރޭވިފައިވާ ކަމަށް ކޯޑުގައި ހިމެނިފައިވާ މަޢުލޫމާތުތަކުން ދޭހަވެއެވެ.
މި އައު އޭއައި އެސިސްޓެންޓް މެދުވެރިކޮށް އައު ގޮތްތަކަކަށް އުނގެނުމާއި، އިވެންޓްތައް ރާވައި، ޝުކުރުގެ ނޯޓުތައް ލިޔުން ފަދަ ކަންކަމުގައި އެހީތެރިވެދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!