ޔުކްރެއިންއިން ރަޝިޔާގެ ސަރަޙައްދުގައި އަސްކަރީ އޮފީހެއް ޤާއިމުކޮށްފި
ޔުކްރެއިންއިން ރަޝިޔާގެ ސަރަޙައްދުގައި އަސްކަރީ އޮފީހެއް ޤާއިމުކޮށްފިއެވެ. ޔުކްރެއިންގެ އަސްކަރީ ބާރުތަކުން ރަޝިޔާގެ ބިމަށްއަރައި ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދާއިރު، އެ ޤައުމުގެ ހުޅަނގު ސަރަޙައްދުގައިވާ ކުރްސްކްގައި އަސްކަރީ އިދާރީ އޮފީހެއް ޤާއިމުކޮށްފިކަމަށް ޔުކްރެއިންގެ އެންމެ އިސް އަސްކަރީ ވެރިޔާ ވަނީ ކަށަވަރު ކޮށްދީފައެވެ. ބީބީސީން ރިޕޯޓްކޮށްފްފައިވަނީ ގޮތުގައި ޖެނެރަލް އޮލެކްސަންޑަރ ސިރްސްކީ ވިދާޅުވި ގޮތުގައި މި އޮފީހުގެ މަޤްޞަދަކީ އެ ސަރަޙައްދުގައި ޤާނޫނާއި އިންތިޒާމު ދެމެހެއްޓުމާއި ރައ...