ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކަށް ނިސްބަތްވާ ކާރެއްގައި ފޮރުވާފައި ހުރި ގާތްގަނޑަކަށް ފަސް މިލިއަން ޔޫރޯގެ ކޭޝް ފެނިއްޖެއެވެ. މި ހާދިސާގެ ސަބަބުން އެގައުމުގެ ދިފާއީ އިދާރާގެ ތެރޭގައި ހިންގާ ކޮރަޕްޝަނާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ކަމާބެހޭ ފަރާތްތަކުން މި ބޮޑު އަދަދު ހާމަކުރީ ރޫޓިން ޗެކެއް ނުވަތަ ޓާގެޓެޑް އިންވެސްޓިގޭޝަނެއް ކަމަށް ބެލެވޭ ގޮތަށެވެ. އަނެއްކޮޅުން މިފައިސާ ރައްކާކޮށްފައިހުރި ކާރަކީ އަގުބޮޑު ޓެގާއި ޕާފޯމަންސަށް މަޝްހޫރު ލަގްޒަރީ އެސްޔޫވީ އަކަށްވާއިރު، ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލެއްގެ މިލްކިއްޔާތެއް ހުރުމަކީވެސް ސުވާލު އުފެދޭ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އަދި މިހާތަނަށް އެ މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
މިއީ ރަޝިޔާއާ އެކު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައިނަލްއަގްވާމީ އެހީއާއި އެހީތެރިކަމަށް ޔޫކްރެއިން އިން ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދަނޑިވަޅެކެވެ. ދިފާއީ އޮފިޝަލެއްގެ އަތުގައި މިހާ ގިނަ އަދަދެއްގެ ގޮތް ނޭނގޭ ފައިސާ ހުރުމަކީ އެގައުމުގެ އަސްކަރީ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތުމުން އެކަމުގެ ކަންބޮޑުވުން އުފެދިދާނެ ކަމެކެވެ.
މި ހާދިސާއާ ގުޅިގެން ޔޫކްރެއިން ސަރުކާރުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް، މި ކަންކަމުގެ ސަބަބުން ޑިފެންސް މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ، ބައިނަލްއަޤްވާމީ އެހީގެ ބޭނުން ޤައުމުގެ ތެރޭގައި ކުރަމުންދާ ގޮތް ފުޅާ ދާއިރާއެއްގައި ބެލުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
މި ވާހަކަ ބައިނަލް އަގުވާމީ ނޫސްތަކުގެ ފަލަސުރުޚީއަށް އަރަމުން އަންނައިރު، ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ބަލަހައްޓާ ގޮތާއި، ގައުމުގެ ދިފާއީ ދާއިރާގައި ދެފުށް ފެންނަ އަދި ޖަވާބުދާރީކުރުވުމާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ގިނަ ބަޔަކު ވަރަށް ގާތުން ބަލާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!