Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

މިސް ފިޖީ ހޮވުމުގައި ވަގުހެދިކަމުގެ ތުހުމަތާއެކު މަގާމަށް ހޮވުނު މަންޝިކާ އަށް މަގާމުގެއްލިއްޖެ
International

މިސް ފިޖީ ހޮވުމުގައި ވަގުހެދިކަމުގެ ތުހުމަތާއެކު މަގާމަށް ހޮވުނު މަންޝިކާ އަށް މަގާމުގެއްލިއްޖެ

ނަތީޖާ އިއުލާން ކުރުމުގައި އޮޅުވާލުންތަކެއް ހިނގައި ފިޖީގެ މިސް ޔުނިވަރސް މުބާރާތް ހޫނުވެއްޖެއެވެ. ފިޖީގެ ޕާރލް ރިސޯޓް އެންޑް ސްޕާގައި ބޭއްވުނު މިސް ޔުނިވަރސް ފިޖީ މުބާރާތް ނިމުމަކަށް އައިސް، އެއްވަނައަށް އައި ފަރާތް އިއުލާންކޮށްފައިވަނިކޮށް އެނަތީޖާއަށް މިވަނީ ކުއްލިއަކަށް ބޮޑު ބަދަލެއް އައިސް އެމަޤާމް އެހެން ބައިވެރިއަކަށް ދީފައެވެ. 24 އަހަރުގެ އެމްބީއޭ ދަރިވަރު މަންޝިކާ ޕްރަސާދު މުބާރާތުގެ އެއްވަނައަށް ހޮވި، އިއުލާންވެސް ކޮށްފައި ވަނިކޮށް، އޭގެ ފަހުން މިސް ޔުނިވަރސް ފިޖީ (އެމްޔޫއެފް) އިން […]

ޕޯޗުގަލްގެ ސެކިއުރިޓީ ވަރުގަދަ ޖަލަކުން ކުށްވެރިންތަކެއް ފިލައިފި
International

ޕޯޗުގަލްގެ ސެކިއުރިޓީ ވަރުގަދަ ޖަލަކުން ކުށްވެރިންތަކެއް ފިލައިފި

ޕޯޗުގަލްގެ ވަރަށް ސެކިއުރިޓީ ވަރުގަދަ ޖަލަކުން އިނގިރޭސި ވިލާތުގެ ވަރަށް ނުރައްކާތެރި ކުށްވެރިއަކާއެކު 5 މީހުން ފިލައިފިއެވެ. ލިސްބަން އިން 70 ކިލޯމީޓަރު އުތުރުގައި އޮންނަ ވާލެ ޑެ ޖުޑެއުސް ޖަލުން ފިލި މީހުންގެ ތެރޭގައި ހިމެނޭ މާކް ކެމެެރޯން ރޮސްކަލިއަރ (39 އަހަރު) އަކީ މީހަކު ވަގަށް ނަގައިގެން ގެންދިއުމާއި ވައްކަމުގެ ކުށުގައި 9 އަހަރުގެ ޙުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ. ޕޯޗުގީޒް ޕްރިޒަން ސަރވިސް (ޑީޖީއާރްއެސްޕީ) އިން ބުނާ ގޮތުގައި 33 އަހަރާއި 61 އަހަރާ […]

ރޭންސަމްވެއަރ ހަމަލާތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް ފޭރުނު އަދަދު 1.5 މިލިއަން ޑޮލަރަށް
International

ރޭންސަމްވެއަރ ހަމަލާތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް ފޭރުނު އަދަދު 1.5 މިލިއަން ޑޮލަރަށް

ރޭންސަމްވެއަރ ހަމަލާތައް މެދުވެރިކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފޭރުނު ފައިސާގެ އަދަދު މިއަހަރުގެ މިހާތަނަށް 1.5 މިލިއަން ޑޮލަރަށް އަރައިފިއެވެ. ސައިބަރ ސެކިއުރިޓީ ކުންފުނި ޒްސްކޭލަރއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ރޭންސަމްވެއަރ ހަމަލާތައް މެދުވެރިކޮށް ފޭރޭ ފައިސާގެ އަދަދު މިއަހަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވެއެވެ. މިގޮތުން މިއަހަރުގެ އެވަރެޖް އަދަދަކީ 1.5 މިލިއަން އެމެރިކާ ޑޮލަރެވެ. ރޭންސަމްވެއަރއަކީ ހަމަލާ ދެވޭ ސިސްޓަމުގައި ހުންނަ ފައިލުތައް އެންކްރިޕްޓްކޮށް، އޭގެ ވެރިފަރާތަށް ބޭނ...

ރަޝިޔާއިން ދޭ ހަމަލާތަކުގައި އީރާނުގެ މިސައިލްތައް ބޭނުންކުރާކަމަށް ޔުކްރެއިގެ ތުހުމަތު
International

ރަޝިޔާއިން ދޭ ހަމަލާތަކުގައި އީރާނުގެ މިސައިލްތައް ބޭނުންކުރާކަމަށް ޔުކްރެއިގެ ތުހުމަތު

ރަޝިޔާއިން ޔުކްރެއިނަށް ދޭ ހަމަލާތަކުގައި އީރާނުގެ މިސައިލްތައް ބޭނުންކުރަމުންދާކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. އިޓަލީގެ މީޑިއާތަކުން ހުކުރު ދުވަހުގެ ރޭ ރިޕޯޓުކުރި ގޮތުގައި، މި ވާހަކަ ޒެލެންސްކީ ދައްކަވާފައިވަނީ އިޓަލީގެ އުތުރުގައި އޮންނަ ޗެރްނޮބިއޯ ރަށުގައި ބޭއްވުނު ދަ ޔޫރަޕިއަން ހައުސް – އެމްބްރޮސެޓީ ކޮންފަރެންސްގެ ފުރަތަމަ ދުވަހުގެ ޖަލްސާގައެވެ. “ޕުޓިން މަސައްކަތްކުރަނީ އިތުރު މިސައިލް ހަމަލާތައްދީ، އިތުރު ކުޑަކުދިން މަރާލުމަށް. އަހަރެމެން ވީހާވެސް ރަނގަޅަށް ދިފާޢުވާން...

އިންޑިއާގެ މަނިޕޫރޫގައި ދެގަބީލާއެއްގެ މެދުގައި ބޮޑު ހަމަނުޖެހުމެއް، 7 މީހުން މަރު
International

އިންޑިއާގެ މަނިޕޫރޫގައި ދެގަބީލާއެއްގެ މެދުގައި ބޮޑު ހަމަނުޖެހުމެއް، 7 މީހުން މަރު

އިންޑިއާގެ މަނިޕޫރޫގައި ދެގަބީލާއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 7 މީހުން މަރުވެއްޖެއެވެ. އިއްޔެ ހިނގި މިހާދިސާގައި ހަމަނުޖެހުން ހިނގާފައިވަނީ މެއިތެއި އަދި ކުކީ ގަބީލާގެ  މެދުގައެވެ. މަރުވި މީހުންގެ ތެރެއިން 4 މީހުންނަކީ ކުކީ މުޖުތަމަޢުގެ މީހުންނެވެ. އަނެއް 3 މީހުންނަކީ މެއިތެއި މުޖުތަމަޢުގެ މީހުންނެވެ. ފުރަތަމަ މަރު ރިޕޯޓުކުރެވުނީ 63 އަހަރުގެ މެއިތެއި މީހެއް ކަމަށްވާ ޔުރެމްބަމް ކުލެންދްރާ ސިންގާގެ ގެއަށް ވަދެ، ނިދާފައި އޮއްވާ މަރާލުމުންނެވެ. އޭގެފަހުން ރަސިދްޕޫރު އަވަށުގައި މެއިތެއި އަ...

ހުޅަނގު އައްސޭރީގައި އޮތް މުޒާހަރާއަކަށް އިޒްރޭލު ސިފައިން ބަޑިޖަހައި އެމެރިކާގެ އެކްޓިވިސްޓަކު މަރާލައިފި
News

ހުޅަނގު އައްސޭރީގައި އޮތް މުޒާހަރާއަކަށް އިޒްރޭލު ސިފައިން ބަޑިޖަހައި އެމެރިކާގެ އެކްޓިވިސްޓަކު މަރާލައިފި

ހުޅަނގު އައްސޭރީގައި އޮތް މުޒާހަރާއަކަށް އިޒްރޭލު ސިފައިން ބަޑިޖަހައި އެމެރިކާ- ތުރުކީގެ 26 އަހަރުގެ އަންހެން އެކްޓިވިސްޓަކު މަރާލައިފިއެވެ. ހުކުރު ދުވަހު ވެސްޓް ބޭންކުގައި ބޭއްވުނު އެ އިހުތިޖާޖުގައި އިސްރާއީލް ސިފައިންވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ލައިވް ވަޒަން ޖަހާފައެވެ. އެކަމުގެ ސަބަބުން އެތައްބަޔަކުވަނީ ޒަޚަމްވެފައެވެ. އައިސެނުރު އެޒްގީ އެއިގީ ނަމަކަށް ކިޔާ މި އަންހެންމީހާ ބައިވެރިވެފައިވަނީ ނަބުލުސް ކައިރީގައި އޮންނަ ބެއިތާ ރަށުގައި ބޭއްވި، އިސްރާއީލީ ޔަހޫދީ ސެޓްލްމަންޓްތަކާ ދެކޮޅު...

ގޫގުލްގެ މޮނޮޕޮލީ ނިމުމަކަށް ގެނެނައުމަށް އެމެރިކާއިން ޕްލޭނެއް ހުށަހަޅަނީ
International

ގޫގުލްގެ މޮނޮޕޮލީ ނިމުމަކަށް ގެނެނައުމަށް އެމެރިކާއިން ޕްލޭނެއް ހުށަހަޅަނީ

ގޫގުލްގެ ސާރޗް އިންޖީނުގެ މޮނޮޕޮލީ ނިމުމަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ އައުޓްލައިނެއް މިއަހަރުގެ ޑިސެމްބަރު މަހު ހުށަހަޅާނެ ކަމަށް އެމެރިކާގެ އިންސާފުގެ ވުޒާރާއިން ބުނެފިއެވެ. މިކަން އެ ވުޒާރާއިން ހާމަކޮށްފައިވަނީ ހުކުރު ދުވަހު ވޮޝިންގްޓަންގައި ބޭއްވުނު ކޯޓު އަޑުއެހުމެއްގައެވެ. ޖަސްޓިސް ޑިޕާޓްމެންޓް ނުވަތަ އިންސާފުގެ ވުޒާރާގެ ވަކީލު ޑޭވިޑް ޑާލްކުއިސްޓް ވިދާޅުވީ ހުށަހަޅާ  ހުށަހެޅުންތައް ފަރުމާ ކުރެވިފައިވާނީ ގޫގުލްއިން ސާރޗް އިންޖީނަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންޓަގް...

ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ހަމަލާދީ 8 މީހުން ޝަހީދުކޮށްލައިފި
International

ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ހަމަލާދީ 8 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ އުތުރުގައި ހުރި ޙަލީމާ އައްސަޢުދިއްޔާ ސްކޫލުގެ ގޯތިތެރޭގައި ޖަހާފައިހުރި ޓެންޓު ހިޔާވަހިކަމަށް އިސްރާއީލުން ހަމަލާދީ ފަލަސްތީނުގެ 8 މީހުން ޝަހީދުކޮށްލައިފިއެވެ. މީގެ އިތުރުން މެދު ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕަށް ދިން ޙަމަލާއެއްގައި ވެސް އިތުރު 5 މީހުން ވަނީ ޝަހީދުވެފައެވެ. ހުކުރު ދުވަހު ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 33 މީހުން ޝަހީދުވިކަމަށް ޞިއްޙީ ވަސީލަތްތަކުން މަޢުލޫމާތު ދެއެވެ. ހަމަ މިއާއެކު، ބައިތުލް މަޤުދިސްގެ ބ...

ޗައިނާއިން ޓައިވާނުގެ ޓެކްނޮލޮޖީ އިންޖިނިއަރުން ވަގަށް ނެގުމުގެ ތުހުމަތުތަކެއް
International

ޗައިނާއިން ޓައިވާނުގެ ޓެކްނޮލޮޖީ އިންޖިނިއަރުން ވަގަށް ނެގުމުގެ ތުހުމަތުތަކެއް

ޓައިވާނުގެ ޓެކްނޮލޮޖީ އިންޖިނިއަރުން ވަގަށް ނެގުމުގެ ތުހުމަތުތަކެއް ޗައިނާގެ މައްޗަށް ކޮށްފިއެވެ. ޓައިވާނުގެ އިންޓެލިޖެންސް އޭޖެންސީތަކުން ކުރި ތަޙްޤީޤަކުން ދައްކާގޮތުގައި، ޗައިނާގެ 8 ކުންފުންޏަކުން ޓައިވާނުގެ ޤާނޫނާ ޚިލާފަށް އެ ޤައުމުގެ ޓެކްނޮލޮޖީ އިންޖިނިއަރުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. މި ތުހުމަތު ކުރެވޭ ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ އެންމެ ބޮޑު ޗިޕް އުފައްދާ ކުންފުނި ކަމަށްވާ ސެމިކޮންޑަކްޓަރ މެނުފެކްޗަރިންގ އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ސަޕްލަޔަރެއް ކަމަށްވާ ނައުރާ ޓެކްނ...

ކުށުގެ ދަޢުވާތަކަށް ޓްރަމްޕް އިންކާރުކޮށްފި
News

ކުށުގެ ދަޢުވާތަކަށް ޓްރަމްޕް އިންކާރުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ހުރަސްއެޅުމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ކުށުގެ ދަޢުވާތަކަށް އިންކާރުކޮށްފިއެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޓްރަމްޕްގެ ފަރާތުން އަންގާރަ ދުވަހު ކޯޓަށް ހުށަހެޅި ލިޔުމެއްގައި ބުނެފައިވަނީ، އެމައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް ލިބިފައިވާ ޙައްޤު ދޫކޮށްލާ ކަމަށެވެ. ވޮޝިންގްޓަންގައި ބޭއްވުނު ކޯޓު އަޑުއެހުމުގައި ޓްރަމްޕް ބައިވެރިއެއް ނުވެއެވެ. ނަމަވެސް އޭނާގެ ވަކީލުން އޭނާގެ ފަރާ...

ޝަކުވާ ސިޓީތަކާއެކު މަގުމަތީގައި ފޮރެޅެމުން ކޮރަޕްޝަނާ ދެކޮޅަށް އިންޑިއާ މީހަކު އިޙްތިޖާޖްކޮށްފި
International

ޝަކުވާ ސިޓީތަކާއެކު މަގުމަތީގައި ފޮރެޅެމުން ކޮރަޕްޝަނާ ދެކޮޅަށް އިންޑިއާ މީހަކު އިޙްތިޖާޖްކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް އިހުތިޖާޖުކުރި މީހަކު ޝަކުވާ ސިޓީތަކެއް، ގައިގައި އޮޅައިގެން މަގުމަތީގައި ފޮރެޅެމުން ކަމާބެހޭ އިދާރާއަށް ހިނގައްޖެއެވެ. އިންޑިއާގެ މެދުތެރޭގައި އޮންނަ ސްޓޭޓެއް ކަމުގައިވާ މަދިޔަ ޕްރަދޭޝްގެ ނީމުޗް ސަރަޙައްދުގައި ދިރިއުޅޭ މުކޭޝް ޕްރަޖަޕަތް ނަމަކަށް ކިޔާ މީހަކު، ގިނަ އަދަދެއްގެ ޝަކުވާގެ ސިޓީތަކުން ފައްޗެއްހަދައިގެން ގައިގައި އަޅައިގެން، އެ އަވަށުގެ އޮފީހަށް ދިޔައީ މަގުމަތީގައި ފުރޮޅެމުން ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއީ އޭނާގެ އަވަށުގެ ކައުންސިލްގެ ވެރިޔާގެ ކޮރަ...

އެމެރިކާގެ ޒުވާނުންގެ ދެބައިކުޅަ އެއްބައި މީހުން ވޯޓޫދޭނީ ހެރިސްއަށް: ޕޯލް
International

އެމެރިކާގެ ޒުވާނުންގެ ދެބައިކުޅަ އެއްބައި މީހުން ވޯޓޫދޭނީ ހެރިސްއަށް: ޕޯލް

އެމެރިކާގެ ޒުވާނުންގެ ދެބައިކުޅަ އެއްބައި މީހުން ވޯޓޫދޭނީ ނައިބު ރައީސް ކަމަލާ ހެރިސްއަށް ކަމަށް ދާދިފަހުން ނެގި ޕޯލަކުން ދައްކައިފިއެވެ. އެމެރިކާގެ 30 އަހަރުން ދަށުގެ ވޯޓުލާ އުމުރުގެ މީހުންގެ މެދުގައި ކުރެވުނު މި ސާވޭއިން ދައްކާ ގޮތުގައި، ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދެބައިކުޅައެއްބައި މީހުން ވޯޓުދޭނީ ވައިސް ޕްރެޒިޑެންޓް ކަމަލާ ހެރިސްއަށެވެ. އަދި ތިންބައިކުޅައެއްބައި މީހުން ވޯޓުދޭނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށެވެ. ނޭޝަނަލް ބްރޯޑްކާސްޓިންގ ކޮމްޕެނީ (އެންބީ...

އޯޕަންއޭއައިގެ ބާނީއެއްގެ އޭއައި ކުންފުންޏަކަށް 1 ބިލިއަން ޑޮލަރުގެ އިންވެސްޓެއް
International

އޯޕަންއޭއައިގެ ބާނީއެއްގެ އޭއައި ކުންފުންޏަކަށް 1 ބިލިއަން ޑޮލަރުގެ އިންވެސްޓެއް

އޯޕަންއޭއައިގެ ކޯ ފައުންޑަރ އިލްޔާ ސުޓްސްކެވަރ އޭނާގެ އައު އޭއައި ކުންފުނި “ސޭފް ސުޕަރއިންޓެލިޖެންސް” (އެސްއެސްއައި) އަށް 1 ބިލިއަން ޑޮލަރު އިންވެސްޓްމަންޓްގެ ގޮތުގައި ހޯދައިފިއެވެ. ސުޓްސްކެވަރ މިދިޔަ މެއި މަހު  އޯޕަންއޭއައި  އިން ވަކިވެފައިވަނީ، އެ ކުންފުނީގެ ޗީފް ސައިންޓިސްޓްގެ މަޤާމުގައި ހުރެއެވެ. އޭނާގެ މި އައު ވެންޗަރަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެންޑްރީސަން ހޯރޯވިޓްޒް، ސެކުއޯއިއާ ކެޕިޓަލް، ޑީއެސްޓީ ގްލޯބަލް އަދި އެސްވީ އޭންޖަލް ހިމެނެއެވެ. އެސްއެސްއައި އިން ބުނެފައިވާ ގޮތ...

ނައިޖީރިއާގައި ބޯކޯ ހަރާމްގެ ހަމަލާއެއްގައި 81 މީހުން މަރުވެއްޖެ
International

ނައިޖީރިއާގައި ބޯކޯ ހަރާމްގެ ހަމަލާއެއްގައި 81 މީހުން މަރުވެއްޖެ

ނައިޖީރިއާގެ އުތުރު-އިރުމަތީގައި ހުންނަ ޔޯބެ ސްޓޭޓްގެ މަފާ ރަށަށް ބޯކޯ ހަރާމް ޖަމާޢަތުން ދިން ހަމަލާއެއްގައި މަދުވެގެން 81 މީހުން މަރުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ޔޯބެ ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނު ޑުންގުސް އަބްދުލްކަރީމް ވިދާޅުވި ގޮތުގައި، 150 އަށްވުރެ ގިނަ ބޯކޯ ހަރާމްގެ މެންބަރުން 50 އަށްވުރެ ގިނަ އަދަދެއްގެ މޮޓޯސައިކަލުގައި އައިސް، ބަޑިތަކާއި އާރުޕީޖީތައް ބޭނުންކޮށްގެން ހަމަލާ ދީފައިވެއެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ފިހާ...

މޮޓޮރޯލާ އާއި ވިވޯ ފޯނުތަކަށް ގްރީން ލައިން މައްސަލަ
International

މޮޓޮރޯލާ އާއި ވިވޯ ފޯނުތަކަށް ގްރީން ލައިން މައްސަލަ

މޮޓޮރޯލާ އަދި ވިވޯ ފޯނު ބޭނުންކުރާ ފަރާތްތަކަށް ފޯނުގެ ސްކްރީނުގައި ގްރީން ލައިނެއް ފެންނަ މައްސަލަ ދިމާވާން ފަށައިފިއެވެ. މި މައްސަލަ ދިމާވެފައިވަނީ ވޮރަންޓީ މުއްދަތު ހަމަވެފައިވާ ފޯނުތަކަށް ކަމަށް ބެލެވެއެވެ. މި މައްސަލަ ދިމާވެފައިވާ މޮޑެލްތަކުގެ ތެރޭގައި މޮޓޮ ޖީ82، ޖީ52، ވިވޯ އެކްސް80 ސީރީޒް، އަދި ވިވޯ އެކްސް70 ޕްރޯ+ ހިމެނެއެވެ. ނަމަވެސް، މި މައްސަލައާ ގުޅޭގޮތުން މި ދެ ބްރޭންޑުން އަދި އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. މީގެ ކުރިން މި […]