ކޮމޯރޯސްގެ ރައީސަށް ތޫނު އެއްޗަކުން ހަމަލާދީފި
ކޮމޯރޯސްގެ ރައީސް އަޒާލީ އަސޫމާނީއަށް ތޫނު އެއްޗަކުން ހަމަލާއެއް ދީފިއެވެ. ސަރުކާރުގެ ތަރުޖަމާނު ފާތިމާ އަހަމަދާ ވިދާޅުވިގޮތުގައި މިހަމަލާގައި ރައީސަށް ލިބިވަޑައިގެންފައިވަނީ ކުދިކުދި އަނިޔާތަކެކެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު މެންދުރުފަހު 2 ޖަހާ އެހާކަށް ހާއިރު، ވެރިރަށް މޮރޯނީގެ އުތުރުގައިވާ ސަލީމާނީ އިޓްސަންދްރާ ރަށުގައި ބޭއްވުނު އެ ގައުމުގެ އިސް ޝައިޚެއްގެ ޖަނާޒާއެއްގައެވެ. މި ހަމަލާއާ ގުޅިގެން އުމުރުން 20 އަހަރުގެ ކުރީގެ ފުލުހެއް ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ނޫހަކުން މަ...