ކޮރަޕްޝަނާ ދެކޮޅަށް އިހުތިޖާޖުކުރި މީހަކު ޝަކުވާ ސިޓީތަކެއް، ގައިގައި އޮޅައިގެން މަގުމަތީގައި ފޮރެޅެމުން ކަމާބެހޭ އިދާރާއަށް ހިނގައްޖެއެވެ.

އިންޑިއާގެ މެދުތެރޭގައި އޮންނަ ސްޓޭޓެއް ކަމުގައިވާ މަދިޔަ ޕްރަދޭޝްގެ ނީމުޗް ސަރަޙައްދުގައި ދިރިއުޅޭ މުކޭޝް ޕްރަޖަޕަތް ނަމަކަށް ކިޔާ މީހަކު، ގިނަ އަދަދެއްގެ ޝަކުވާގެ ސިޓީތަކުން ފައްޗެއްހަދައިގެން ގައިގައި އަޅައިގެން، އެ އަވަށުގެ އޮފީހަށް ދިޔައީ މަގުމަތީގައި ފުރޮޅެމުން ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއީ އޭނާގެ އަވަށުގެ ކައުންސިލްގެ ވެރިޔާގެ ކޮރަޕްޝަނުގެ އަމަލުތަކަކާ ދެކޮޅަށް ކުރި އިހުތިޖާޖެކެވެ.

Ad
rt

ޕްރަޖަޕަތްގެ ބުނުމުގައި، ފާއިތުވި 6-7 އަހަރު ވަންދެން އޭނާ މި މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރި ނަމަވެސް، އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާ ކަމަށް ބުނެއެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ޕްރަޖަޕަތް، ކަނކަރިޔާގެ އަވަށު ކައުންސިލްގެ ވެރިޔާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ޝަކުވާތައް ހިމެނޭ ކަރުދާސްތަކުން ހަދާފައިވާ ފައްޗެއް އަޅައިގެން އަވަށު އޮފީހުގެ ގޯތިތެރޭގައި ފުރޮޅެމުންދާ މަންޒަރެވެ.

އެމީހާގެ މި އާދަޔާ ޚިލާފު އިހްތިޖާޖާ ގުޅިގެން އެމައްސަލަ ކަމާބެހޭ އިސްބޭފުޅުންގެ ސަމާލުކަމަށް އައިސްފައިވާއިރު، އެމައްސަލަ އަވަސްމައްސަލައެއްގެ ގޮތުގައި ބެލުމަށް އެ އަވަށުގެ އައުދުލު އިންސާފާ ބެހޭ އެންމެ އިސްފަރާތުން މިހާރުވަނީ އަމުރުކޮށްފައެވެ.

މި ފަދަ އިހުތިޖާޖީ ޢަމަލެއް މި އަހަރުގެ ޖުލައި މަހު ވެސް މަންދްސޯރު ޑިސްޓްރިކްޓުގައި ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭރު އުމުރުން ދުވަސްވީ ދަނޑުވެރިއަކު ވަނީ ބިން ހިއްކުމާ ގުޅޭ ޝަކުވާއަކަށް އިދާރާތަކުން އެކަށީގެންވާ ފިޔަވަޅު ނޭޅުމާ ގުޅިގެން މަގުމަތީގައި ފުރޮޅެމުން ޝަކުވާތަކައިގެން ކޯޓަށް ގޮސްފައެވެ.