އޯޕަންއޭއައިގެ ކޯ ފައުންޑަރ އިލްޔާ ސުޓްސްކެވަރ އޭނާގެ އައު އޭއައި ކުންފުނި "ސޭފް ސުޕަރއިންޓެލިޖެންސް" (އެސްއެސްއައި) އަށް 1 ބިލިއަން ޑޮލަރު އިންވެސްޓްމަންޓްގެ ގޮތުގައި ހޯދައިފިއެވެ.

ސުޓްސްކެވަރ މިދިޔަ މެއި މަހު އޯޕަންއޭއައި އިން ވަކިވެފައިވަނީ، އެ ކުންފުނީގެ ޗީފް ސައިންޓިސްޓްގެ މަޤާމުގައި ހުރެއެވެ. އޭނާގެ މި އައު ވެންޗަރަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެންޑްރީސަން ހޯރޯވިޓްޒް، ސެކުއޯއިއާ ކެޕިޓަލް، ޑީއެސްޓީ ގްލޯބަލް އަދި އެސްވީ އޭންޖަލް ހިމެނެއެވެ.

Ad
rt

އެސްއެސްއައި އިން ބުނެފައިވާ ގޮތުގައި، އެ ކުންފުނީގެ އެންމެ މުހިންމު އަމާޒަކީ "ރައްކާތެރި ސުޕަރއިންޓެލިޖެންސް" އެއް ތަރައްޤީކުރުމެވެ. "އަޅުގަނޑުމެން ކުރިއަށްދާނީ އެންމެ އަމާޒަކާއި، އެންމެ ލަނޑުދަނޑިއަކާއި، އެންމެ ޕްރޮޑަކްޓަކާ އެކުގައި" ކަމަށް ސުޓްސްކެވަރ ވަނީ ބުނެފައެވެ.

ސުޓްސްކެވަރ އާއެކު އޯޕަންއޭއައި އިން ވަކިވި އަނެއް މުހިންމު ފަރާތަކީ ޖަން ލައިކެއެވެ. ލައިކެ ވަނީ ވާދަވެރި އޭއައި ކުންފުންޏެއް ކަމަށްވާ އެންތްރޮޕިކް އާ ގުޅިފައެވެ. ލައިކެ ބުނެފައިވަނީ އޯޕަން އޭއައި ގެ ސަލާމަތާއި ރައްކާތެރިކަމުގެ ސަގާފަތާއި ޕްރޮސެސްތައް އުފެއްދުންތެރި ޕްރޮޑަކްޓްތަކަށްނުވާ ކަމަށެވެ.

މި ރޮނގުން ހަރަކާތްތެރިވާ ކުންފުނިތަކުގެ މެދުގައި އޮތް ވާދަވެރިކަން އިތުރުވަމުންދާ ކަމަށް ފާހަގަކުރެވޭއިރު، އޭއައި ޓެކްނޮލޮޖީގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުންތައް އިތުރުވަމުންދާކަން ވެސް ފާހަގަކުރެވެއެވެ.