ޕޯޗުގަލްގެ ވަރަށް ސެކިއުރިޓީ ވަރުގަދަ ޖަލަކުން އިނގިރޭސި ވިލާތުގެ ވަރަށް ނުރައްކާތެރި ކުށްވެރިއަކާއެކު 5 މީހުން ފިލައިފިއެވެ.

ލިސްބަން އިން 70 ކިލޯމީޓަރު އުތުރުގައި އޮންނަ ވާލެ ޑެ ޖުޑެއުސް ޖަލުން ފިލި މީހުންގެ ތެރޭގައި ހިމެނޭ މާކް ކެމެެރޯން ރޮސްކަލިއަރ (39 އަހަރު) އަކީ މީހަކު ވަގަށް ނަގައިގެން ގެންދިއުމާއި ވައްކަމުގެ ކުށުގައި 9 އަހަރުގެ ޙުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ.

Ad
rt

ޕޯޗުގީޒް ޕްރިޒަން ސަރވިސް (ޑީޖީއާރްއެސްޕީ) އިން ބުނާ ގޮތުގައި 33 އަހަރާއި 61 އަހަރާ ދެމެދުގެ މި 5 މީހުން ފިލީ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ. އަދި އެ މީހުންނަށް ބޭރުން އެހީތެރިކަން ލިބުނު ކަމަށާއި، އެ މީހުންނަށް އެހީތެރިވި ފަރާތްތަކުން ފޯރުކޮށްދިން ސިޑިއެއް ބޭނުންކޮށްގެން ކުށްވެރިން ފާރު މަތިން އެރި ކަމަށް ވެސް ބުނެފައިވެއެވެ.

ނެޝަނަލް ޔޫނިއަން އޮފް ޕްރިޒަން ގާޑްސް (އެސްއެންސީޖީޕީ) ގެ ރައީސް ފްރެޑެރިކޯ މޮރައިސް ވަނީ ރޮސްކަލިއަރ އަކީ ވަރަށް ނުރައްކާތެރި މީހެއް ކަމަށް ބުނެފައެވެ. އަދި އޭނާ ނުވަތަ އެހެން ކުށްވެރިން ފެނިއްޖެނަމަ، އެ މީހުންނާ ކައިރި ނުވުމަށް އާންމުންނަށް އިންޒާރުދީފައިވެއެވެ.

މޮރައިސް ވަނީ އެ މީހުން ފިލި ގޮތުގެ ތަފްސީލު ވެސް ހިއްސާކޮށްފައެވެ. "އެ މީހުންނަށް ޖަލުގެ ފާރުމަތިން ފުންމާލެވުނު ސަބަބަކީ ވަށައިގެން ބެލުމަށް ގާޑުން ނެތިފައި، ފާރުގައި ސިޑި ޖައްސައި، އެތަނުން އަމިއްލައަށް ހަދާފައިވާ ވާގަނޑެއް ބޭނުންކޮށްގެން ފާރުން އަރައިގެން ދިޔުމުގެ ފުރުޞަތު ލިބުމުން ކަމުގައި އޭނާ ބުންޏެވެ.

މި މީހުން ހޯދުމުގެ މަސައްކަތް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ޕޯގީޒް ފުލުހުން ގެންދަނީ މިހާރު ކުރަމުންނެވެ.