އެމެރިކާގެ ބޮން އަޅާ ބޯޓްތައް ޑިއެގޯ ގާސިއާށް ޖަމާކުރަނީ
އެމެރިކާގެ ބޮޑެތި ބޮންއަޅާ މަތިންދާބޯޓްތަކެއް އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އޮންނަ ޑިއެގޯ ގާސިއާއަށް ދަތުރުކުރަމުންދާކަމަށް މީޑިއާތަކުން ބުނެފިއެވެ. މިކަން ހާމަވެފައިވަނީ ސެޓެލައިޓް ފޮޓޯތަކުން ކަމަށްވާއިރު، މި މަންޒަރުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި މަދުވެގެން ސީ-17 ކާގޯގެ ތިން މަތިންދާބޯޓާއި 10 އެއަރިއަލް ރިފިއުލިންގ ޓޭންކަރު އެ ސަރަޙައްދަށް ފޮނުވާފައިވެއެވެ. ޑިއެގޯ ގާސިއާއަކީ އިނގިރޭސީން ބާރުގެ ދަށުގައި އޮންނަ ސަރަޙައްދެކެވެ. އަދި މެދުއިރުމަތީގައި އެމެރިކާއިން ދޭ ހަމަ...