Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

އެމެރިކާ ސަރުކާރުގައި މަސްކް ގެ ދައުރާ ދެކޮޅަށް މުޒާހަރާތަކެއް
International

އެމެރިކާ ސަރުކާރުގައި މަސްކް ގެ ދައުރާ ދެކޮޅަށް މުޒާހަރާތަކެއް

އެމެރިކާ ސަރުކާރުގައި، މަހުޖަނު އެލޮން މަސްކް އަދާކުރަމުންދާ ދައުރާ ދެކޮޅަށް ޓެސްލާ ޝޯރޫމްތަކުގެ ކުރިމަތީގައި މުޒާހަރާތަކެއް ކޮށްފިއެވެ. އެމެރިކާ އަދި ޔޫރަޕްގެ ބައެއް ސަރަޙައްދުތަކުގައި ހުރި ޓެސްލާ ކާރު ވިއްކާ ފިހާރަތަކުގެ ކުރިމަތީގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާގައި އެލޮން މަސްކް އަދާކުރަމުންދާ ދައުރާ ދެކޮޅަށް މުޒާހަރާތަކެއް ކުރަމުންދާއިރު، މީޑިއާ ރިޕޯޓުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މުޒާހަރާތައް ބޭއްވުނީ ސަރުކާރު ކުޑަކުރުމުގެ މަސައްކަތް ހިންގުމަށް މަސްކް އަދާކުރަމު...

އައިސީސީގެ އަމުރަށް ގޮންޖަހާ ނަތަންޔާހޫ ހަންގޭރީއަށް
International

އައިސީސީގެ އަމުރަށް ގޮންޖަހާ ނަތަންޔާހޫ ހަންގޭރީއަށް

އައިސީސީގެ އަމުރަށް ގޮންޖަހާ ނަތަންޔާހޫ ހަންގޭރީއަށް ދަތުރެއް ކުރަން ނިންމައިފިއެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ހަފްތާގައި ހަންގޭރިއަށް ދަތުރެއް ކުރާނެ ކަމަށް އޭނާގެ އޮފީހުން އާދީއްތަ ދުވަހު ހާމަކޮށްފައިވާއިރު، މި ދަތުރު ކުރަނީ ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) އިން އޭނާ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރަށް އިންކާރުކޮށްފައެވެ. މި ދަތުރުގައި ނަތަންޔާހޫ ބައްދަލުކުރާނީ ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯބަންއާއެވެ. އޯބަން...

އޮރަކަލްގެ ސައިބަރ ހަމަލާއާ ގުޅިގެން އެފްބީއައި އިން ތަހްގީގު ފަށައިފި
International

އޮރަކަލްގެ ސައިބަރ ހަމަލާއާ ގުޅިގެން އެފްބީއައި އިން ތަހްގީގު ފަށައިފި

އޮރަކަލްގެ ސައިބަރ ހަމަލާއާ ގުޅިގެން އެފްބީއައި އިން ތަޙުޤީޤު ފަށައިފިއެވެ. ބްލޫމްބާގް ނިއުސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ބޮޑެތި ސޮފްޓްވެއަރ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އޮރަކަލްއަށް އަމާޒުކޮށް ދީފައިވާ ސައިބަރ ހަމަލާއާ ގުޅިގެން ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ތަޙުޤީޤެއް ފަށައިފިއެވެ. މި މައްސަލައާ ގުޅޭ މަޢުލޫމާތު ދިން ފަރާތަކާ ހަވާލާ ދެމުން ބްލޫމްބާގް ނިއުސްއިން ބުނެފައިވަނީ، މި ހަމަލާގައި ބައެއް ހެލްތްކެއަރ ޕްރޮވައިޑަރުންގެ ބަލިމީހުންގެ މަޢުލޫމާތު ވ...

ޗައިނާއިން ސައުތު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް
International

ޗައިނާއިން ސައުތު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް

ޗައިނާއިން ސައުތު ޗައިނާ ކަނޑުގައި އަސްކަރީ މަޝްޤުތަކެއް ހިންގައިފިއެވެ. ޗައިނާގެ އަސްކަރިއްޔާއިން މިތަމްރީނުތައް ހިންގައިފައިވާއިރު، ފިލިޕީންސްއަށް އިންޒާރުދީ، “ޗައިނާ ރުޅިއެރުވުމުގެ” ޢަމަލުތަކުން ދުރުހެލިވުމަށް ވަނީ ގޮވާލައިފައެވެ. ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީގެ ސަދަން ތިއޭޓަރ ކޮމާންޑްގެ ޓިއަން ޖުންލީ ވިދާޅުވި ގޮތުގައި މި ތަމްރީނު ދަތުރުތައް ކުރިއަށް ގެންދިޔައީ ހުކުރު ދުވަހުއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަތުރުތައް ކުރިއަށް ގެންދިޔައީ ފިލިޕީންސްއިން ސަރަޙައްދުން ބޭރުގެ ޤައުމުތަކާއެކު “ޖޮ...

މިޔަންމާ ބިންހެލުން: މަރުވި މީހުންގެ އަދަދު 1،600 އިން މައްޗަށް
International

މިޔަންމާ ބިންހެލުން: މަރުވި މީހުންގެ އަދަދު 1،600 އިން މައްޗަށް

މިޔަންމާގައި ކުއްލިއަކަށް ކުރިމަތިވި ވަރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 1،600 އަށްވުރެ އިތުރުވެއްޖެއެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ޤުދުރަތީ ކާރިސާ ކަމަށް ބެލެވެއެވެ. ޔޫ.އެސް. ޖިއޮލޮޖިކަލް ސަރވޭ (ޔޫ.އެސް.ޖީ.އެސް) އިން ބުނާ ގޮތުގައި މި ބިންހެލުމަކީ ރިކްޓަރ ސްކޭލްގައި 7.7 ގެ ބާރުމިނުގެ ބިންހެލުމެކެވެ. މި ބިންހެލުން އައި ސަރަޙައްދަކީ އެތެރޭގެ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސަރަޙައްދެކެވެ. ޔޫ.އެސް.ޖީ.އެސް އިން ލަފާކުރާ ގޮތުގައި މި ކާރިސާގައި މަރުވާ މީހުންގެ އ...

މިޔަންމާ އަދި ތައިލެންޑު ބިންހެލުމުގައި މަރުވި މީހުން 150 އިން މައްޗަށް
International

މިޔަންމާ އަދި ތައިލެންޑު ބިންހެލުމުގައި މަރުވި މީހުން 150 އިން މައްޗަށް

މިޔަންމާ އަދި އެ ގައުމާ އިންވެގެންވާ ތައިލެންޑުގައި ކުރިމަތިވި ވަރުގަދަ ބިންހެލުމެއްގެ ސަބަބުން މަރުވި މީހުންގެ އަދަދު 150 އިން މައްޗަށް އަރައިފިއެވެ. މި ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި، އިންފްރާސްޓްރަކްޗަރަށް ގެއްލުން ލިބިފައިވެއެވެ. މިޔަންމާގެ ސަރުކާރުގެ ޓީވީ ޗެނަލް އެމްއާރްޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު އެ ގައުމުގައި މަދުވެގެން 144 މީހުން މަރުވެ، 732 މީހުންނަށް އަނިޔާވެފައިވެއެވެ. މި ބިންހެލުން ތައިލެންޑަށްވެސް އަސަރުކޮށް، އެ ގައުމުގެ ވެރިރަށް ބެންކޮކުގައި މަދުވެގެނ...

އިސްރާއީލުން ދިން ހަމަލާތަކެއްގައި ޣައްޒާއިން އިތުރު 11 މަރު
International

އިސްރާއީލުން ދިން ހަމަލާތަކެއްގައި ޣައްޒާއިން އިތުރު 11 މަރު

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކެއްގައި ޣައްޒާއިން އިތުރު 11 ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށެވެ. މީގެ އިތުރުން، އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އުތުރު ސަރަހައްދުގައި ހުރި ރިހެބިލިޓޭޝަން އިމާރާތްތަކެއް ވެސް ވައްޓާލާފައެވެ. މަންޒަރުދުށް މީހުން ބުނާގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ ގޭގެއަށާއި، އާންމުން އެއްވެފައިވާ ތަންތަނަށާއި، އަދި ހިޖުރަކޮށްފައިވާ ޢާއިލާތައް ދިރިއުޅެމުންދާ ޓެންޓުތަކަށެވެ. މީގެ އިތުރުން އިސްރާއ...

އެންވީޑިއާއިން އާ އެއައި އެސިސްޓެންޓެއް ތަޢާރަފުކޮށްފި
International

އެންވީޑިއާއިން އާ އެއައި އެސިސްޓެންޓެއް ތަޢާރަފުކޮށްފި

ޗިޕް އުފެއްދުމުގައި މަޝްހޫރު އެމެރިކާގެ ކުންފުނި އެންވީޑިއާއިން މިދިޔަ އަންގާރަ ދުވަހު ޕްރޮޖެކްޓް ޖީ-އެސިސްޓް ނަމުގައި އާ އެއައި އެސިސްޓެންޓެއް ތަޢާރަފުކޮށްފިއެވެ. މި އާ ފީޗަރަކީ ޖިއޯފޯސް އާރްޓީއެކްސް ޖީޕީޔޫ ހަރުކޮށްފައިވާ ޑެސްކްޓޮޕް ޕީސީތަކުގައި ލޯކަލްކޮށް ރަން ކުރެވޭ އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓެކެވެ. މިހާރު ނެރެފައިވާ ވަރޝަނަކީ މި ޗެޓްބޮޓްގެ ތަޖުރިބާކުރާ ވަރޝަނެކެވެ. އަދި މިވަގުތު އާރްޓީއެކްސް ޖީޕީޔޫ ހަރުކޮށްފައިވާ ލެޕްޓޮޕްތަކަށް މި އެސިސްޓެންޓް ސަޕޯޓް ނުކުރެއެވެ. ގޭމިންގއަށް އަމާޒުކ...

މެލޭނިއާ ޓްރަމްޕްގެ ވެޑިންގ ޑްރެސް ނީލަމުގައި ވިއްކާލަނީ
International

މެލޭނިއާ ޓްރަމްޕްގެ ވެޑިންގ ޑްރެސް ނީލަމުގައި ވިއްކާލަނީ

އެމެރިކާގެ ރައީސް ޓްރަމްޕްގެ ކުރީގެ އަދި އަލަތު އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް، ޑޮނަލްޑް ޓްރަމްޕާ ކައިވެނި ކުރެއްވި ދުވަހު ލެއްވި ހެދުން (ވެޑިންގ ޑްރެސް) ނީލަމުގައި ވިއްކާލަން ނެރެފައިވާ ކަމަށް ބުނެ ޚަބަރުތައް ފެތުރިއްޖެއެވެ. މި ހެދުމަކީ ކްރިސްޓިއަން ޑިއޯގެ ފަރާތުން ޖޯން ގެލިއާނޯ ޚާއްޞަކޮށް ފަރުމާކޮށްދެއްވި ހެދުމެކެވެ. ޕޭޖް ސިކްސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ހެދުމުގެ އަގަކީ 100،000 އެމެރިކާ ޑޮލަރެވެ. އަދި މި ހެދުމުގެ ބަރުދަނަކީ 60 ޕައުންޑެވެ. މިހާރު މި ހެދުން […]

ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 50،200 އަށްވުރެ މައްޗަށް
International

ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 50،200 އަށްވުރެ މައްޗަށް

އިސްރާއީލުގެ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 50،208 އަށް އަރައިފިކަމަށް ޣައްޒާގެ ޞިއްޙަތު ވުޒާރާއިން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ އިތުރު 25 ރައްޔިތުން ޝަހީދުވެފައިވާ ކަމަށާއި، 82 މީހުން ޒަޚަމްވެ ހޮސްޕިޓަލުތަކަށް ގެންދެވިފައިވާ ކަމަށެވެ. މިއާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޒަޚަމްވެފައިވާ މީހުންގެ އަދަދު 113،910 އަށް އަރާފައިވެއެވެ. “ހ...

ބްރެޒިލްގެ ކުރީގެ ރައީސްގެ މައްޗަށް ބަޣާވާތް ކުރަން އުޅުނު ކަމުގެ ދައުވާ ކުރަނީ
International

ބްރެޒިލްގެ ކުރީގެ ރައީސްގެ މައްޗަށް ބަޣާވާތް ކުރަން އުޅުނު ކަމުގެ ދައުވާ ކުރަނީ

ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯގެ މައްޗަށް ބަޣާވާތް ކުރަން އުޅުނު ކަމުގެ ދައުވާ ކުރަން އެގައުމުގެ ސްޕްރީމް ކޯޓުން ނިންމައިފިއެވެ. މިއީ 2022 ވަނަ އަހަރު އޭނާ ރިޔާސީ އިންތިޚާބުން ބަލިވުމަށްފަހު ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމެކެވެ. 2019 އިން 2022 އަށް ބްރެޒިލްގެ ރައީސްކަން ކުރި ބޮލްސޮނާރޯގެ މައްޗަށް ވަނީ ފަސް ކުށުގެ ދައުވާ ކުރެވިފައެވެ. މީގެ ތެރޭގައި އަނިޔާވެރި ގޮތަކަށް ޑިމޮކްރެޓިކް ވެރިކަން ނައްތާލަން މަސައްކަތް ކުރި ކަމުގެ ދައުވާވެސް ހިމެނެއެވެ. ނަމަވެސް […]

އެއް މިލިއަނަށްވުރެ ގިނަ ފޮލޯވަރުންތިބި 16 އަހަރުގެ ޓިކްޓޮކް ތަރި މަރުވެއްޖެ
International

އެއް މިލިއަނަށްވުރެ ގިނަ ފޮލޯވަރުންތިބި 16 އަހަރުގެ ޓިކްޓޮކް ތަރި މަރުވެއްޖެ

އެއް މިލިއަނަށްވުރެ ގިނަ ފޮލޯވަރުންތިބި އުމުރުން 16 އަހަރުގެ މަޝްހޫރު ޓިކްޓޮކް ތަރި ޖޯޝުއާ ބްލެކްލެޖް އެމެރިކާގައި މަރުވެއްޖެއެވެ. މިދިޔަ މާރޗް 18 ވަނަ ދުވަހު އޭނާގެ ގޭގައި މަރުވެފައިވާއިރު، ނޯތް ކެރޮލައިނާއިން އުފަންވެފައިވާ ޖޮޝުއާ ގެ މަރުގެ ސަބަބު އަދި ހާމަކުރެވިފައެއް ނުވެއެވެ. އޭނާގެ އާއިލާއާ ހަވާލާދީ މީޑިއާތަކުން ބަޔާންކޮށްފައިވާ ގޮތުން، ޖޮޝުއާއަކީ ވެސްޓް ކާޓެރެޓް ހައި ސްކޫލްގެ ޖޫނިއަރ ދަރިވަރެކެވެ. އޭނާއަކީ ސްކޫލްގައި ރެސްލިންގ އަދި ޓްރެކް ކުޅިވަރުތަކުގައި ބައިވެރިވި ކުޅުންތެރިއެކެވެ. ޓިކް...

ރަޝިއާއިން ޔޫކްރެއިނަށް އެއް ރޭމަތިން 117 ޑްރޯން ހަމަލާ
International

ރަޝިއާއިން ޔޫކްރެއިނަށް އެއް ރޭމަތިން 117 ޑްރޯން ހަމަލާ

ރަޝިއާއިން ޔޫކްރެއިނަށް އެއްރޭމަތިން 117 ޑްރޯން ހަމަލާދީފިކަމަށް ޔޫކްރެއިނުން ބުނެފިއެވެ. ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެފައިވަނީ ރަޝިއާއިން ރޭ ދަންވަރު 117 ޑްރޯން ފޮުވާލައި، ޔުކްރެއިންގެ އެކި ސަރަޙައްދުތަކަށް ހަމަލާދީ، އާންމު ރައްޔިތުންގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. “ރަޝިއާއިން މި ހަނގުރާމަ ދިގުދަންމަމުންދާކަމުގެ 117 ހެކި ރޭ ޔޫކްރެއިންގެ މަތިން އުޑުން ފެނުނު. އޭގެ ތެރެއިން ގިނައީ ޝަހީދު ޑްރޯންތައް،” ޒެލެންސްކީ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ގިނަ...

އެޕަލްއިން އައިފޯނުގެ ބްރައުޒަރ އޮޕްޝަންތަކަށް ބަދަލުތަކެއް
International

އެޕަލްއިން އައިފޯނުގެ ބްރައުޒަރ އޮޕްޝަންތަކަށް ބަދަލުތަކެއް

އީޔޫއިން ކޮށްފައިވާ ބޮޑު ޖޫރިމަނާއިން ސަލާމަތްވުމަށްޓަކައި އެޕަލްއިން އައިފޯނުގެ ބްރައުޒަރ އޮޕްޝަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުގެ ބާރު ކުޑަކުރުމަށް ޔޫރަޕިއަން ޔޫނިއަނުން އެކުލަވާލާފައިވާ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) އާ އެއްގޮތްވާ ގޮތުގެ މަތިން އެޕަލްއިން އައިފޯނުގެ ބްރައުޒަރ އޮޕްޝަންތަކަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ގެނެވުނީ ކޮން ބަދަލެއްކަމެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މި ބަދަލުތަކާއެކު، އެޕަލްއަށް ކުރިމަތިވެފައިވާ ޖޫރިމަނާއިންނ...

ބަންގްލަދޭޝްގައި ސިފައިން ބަޣާވާތެއް ކޮށްފާނެ ކަމުގެ އަޑުތަކެއް
International

ބަންގްލަދޭޝްގައި ސިފައިން ބަޣާވާތެއް ކޮށްފާނެ ކަމުގެ އަޑުތަކެއް

ބަންގްލަދޭޝްގައި ފަހަކަށް އައިސް ހިނގަމުންދާ ސިޔާސީ ކަންކަމާއި ގުޅިގެން، އެ ޤައުމުގެ ވެރިކަން ވައްޓާލުމަށް ސިފައިން ބަޣާވާތެއް ކޮށްފާނެ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މި އަޑުތައް ފެތުރެން ފަށާފައިވަނީ ބަންގްލަދޭޝްގެ އެކި ސަރަޙައްދުތަކުގައި، ޚާއްޞަކޮށް ވެރިރަށް ޑާކާގައި، ސިފައިންނާއި ސަލާމަތީ ބާރުތައް އިތުރަށް ހަރަކާތްތެރިވާން ފެށުމާ ގުޅިގެންނެވެ. މި އަޑުތައް ފެތުރެމުންދާތާ 24 ގަޑިއިރު ވެފައިވީ ނަމަވެސް، ބަންގްލަދޭޝްގެ ވަގުތީ ވެރިޔާ ޕްރޮފެސަރ މ...