އެންވީޑިއާއިން ކުއަންޓަމް ކޮމްޕިއުޓިންގ ލެބެއް ހުޅުވަނީ
އެމެރިކާގެ ބޮސްޓަންގައި ކުއަންޓަމް ކޮމްޕިއުޓިންގ ރިސާރޗް ލެބެއް ހުޅުވުމަށް އެންވިޑިއާއިން ނިންމައިފިއެވެ. މި ލެބުގައި ހާވަރޑް ޔުނިވަރސިޓީ އަދި މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސައިންޓިސްޓުންނާއެކު މަސައްކަތްކުރާނެ ކަމަށް އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގ ވިދާޅުވިއެވެ. އޭނާ މި އިޢުލާނު ކުރެއްވީ ބުރާސްފަތި ދުވަހު ކެލިފޯނިއާގެ ސަން ހޯސޭގައި ބޭއްވުނު އެންވިޑިއާގެ އަހަރީ ސޮފްޓްވެއަރ ޑިވެލޮޕަރ ކޮންފަރެންސްގައެވެ. މި ކޮންފަރެންސްގައި ކުއަންޓަމް ކޮމްޕިއުޓިންގއަށް ޚާއްޞަ ދުވަހެއް ބޭއްވުނެ...