މެސެޖިންގ އެޕްލިކޭޝަން ވަޓްސްއެޕްގައި މޯޝަން ފޮޓޯ ހިއްސާކުރެވޭނެ ގޮތް ތަރައްޤީކުރަމުންދާ ކަމަށް ޓްރެކަރަކުން ހާމަކޮށްފިއެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މެޓާގެ ދަށުން ހިންގާ މި އެޕްލިކޭޝަނުން އަންނަނީ ބައެއް ސްމާޓްފޯނުތަކުން ފޮޓޯ ނެގުމުގައި ރެކޯޑުކުރެވޭ ކުރު ވީޑިއޯ އަދި އޯޑިއޯ ހިމެނޭ މޯޝަން ފޮޓޯ ހިއްސާކުރެވޭނެ ގޮތް ތަރައްޤީކުރަމުންނެވެ.

Ad
rt

މި ފީޗަރ ފުރަތަމަ ފެނިފައިވަނީ އެންޑްރޮއިޑް ފޯނުތަކަށް ނެރެފައިވާ ވަޓްސްއެޕްގެ އެންމެ ފަހުގެ ބީޓާ ވަރޝަންގައެވެ. އައިފޯނު ބޭނުންކުރާ ފަރާތްތަކަށް މި ފީޗަރ ފެންނާނީ "ލައިވް ފޮޓޯސް" ގެ ގޮތުގައި ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

ވަޓްސްއެޕްގެ ޚަބަރުތައް ގެނެސްދޭ ސައިޓެއް ކަމުގައިވާ ވާބެޓާއިންފޯއިން ހާމަކޮށްފައިވާ ގޮތުގައި، ވަޓްސްއެޕުން މި ވަގުތު މަސައްކަތް ކުރަމުންދަނީ އަމިއްލަ ޗެޓުތަކާއި، ގްރޫޕް ޗެޓުތަކާއި އަދި ޗެނަލްތަކުގައި މޯޝަން ފޮޓޯ ހިއްސާކުރެވޭނެ ގޮތް ތަރައްޤީކުރުމަށެވެ. ނަމަވެސް މި ފީޗަރ އަދި ތަރައްޤީކުރަމުންދާތީ، ޔޫޒަރުންނަށް އަދި މި ފީޗަރ ބޭނުން ނުކުރެވޭނެއެވެ.

މޯޝަން ފޮޓޯއަކީ އެންޑްރޮއިޑް ސްމާޓްފޯނުތަކުގައި ސަޕޯޓްކުރާ ފީޗަރެއް ކަމަށްވާއިރު، ބައެއް ފޯނުތަކުގެ ކެމެރާ އެޕް މެެދުވެރިކޮށް މި ފީޗަރ ބޭނުންކުރެވޭނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. މޯޝަން ފޮޓޯއެއް ނަގާއިރު، ފޯނުން ކުރު ވީޑިއޯ ކްލިޕަކާއި އޯޑިއޯ އަދި ސްޓިލް އިމޭޖެއް ރެކޯޑުކުރެއެވެ.

މި އައު ފީޗަރ ތަޢާރަފުވުމުން، ވަޓްސްއެޕްގެ ޔޫޒަރުންނަށް އިތުރު ގޮތަކަށް މުވާސަލާތުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.