އެމެރިކާގެ ޓެނެސީގެ ސިޓީއެއް ކަމުގައިވާ މެމްފިސްގެ 12 އަހަރުގެ ކުއްޖަކު އޭނާގެ ކޮޓަރީގައި ނިއުކްލިއަރ ފިއުޝަން ރިއެކްޓަރެއް އުފެއްދުމާ ގުޅިގެން އެފްބީއައިގެ ސަމާލުކަން އެކަން އަތުވެއްޖެއެވެ.
މިސްޓަރ ޖެކްސަން ނަމަކަށް ކިޔާ މި ކުއްޖާ އޭނާގެ މި ވާހަކަ އެކްސްގައި ހިއްސާކޮށްފައިވެއެވެ. އޭނާ ބުނާ ގޮތުގައި މި ކަމަށް އިލްހާމް ލިބުނީ ޓެއިލަރ ވިލްސަންގެ ޓެޑް ޓޯކުންނެވެ. މިސްޓަރ ވިލްސަން 2008 ވަނަ އަހަރު 14 އަހަރުގައި ކޮންޓްރޯލްޑް ނިއުކްލިއަރ ފިއުޝަން ހާސިލުކުރި ވާހަކަ އެ ޓޯކުގައި ކިޔައިދީފައިވެއެވެ.
މިސްޓަރ އޯސްވޯލްޓް އޭނާގެ ނިއުކްލިއަރ ފިއުޝަން ދަތުރު ފެށީ އޭގެ އަސާސީ ސައިންސް ދަސްކުރުމުންނެވެ. އޭނާ ފުރަތަމަ އުފެއްދީ "ޑެމޯ ފިއުސަރ" އެކެވެ. މިއީ މަސައްކަތްކުރާ ފިއުޝަން ރިއެކްޓަރެއް އުފެއްދުމުގެ ކުރިން ކުރާ ތައްޔާރީއެކެވެ. މި މަޝްރޫޢަށް ފައިސާ ހޯދީ މައިންބަފައިންގެ އެހީތެރިކަމާއެކުގައެވެ.
"މިއީ އަދި މަސައްކަތްކުރާ ފިއުޝަން ރިއެކްޓަރެއް ނޫން. މި ސެޓަޕް މިނެޓަކަށްވުރެ ގިނައިރު ހިންގައިފިނަމަ މެދުގައިވާ ގްރިޑް ވިރިގެން ހަލާކުވެދާނެ. އެހެންވީމާ އަދިވެސް ކުރަންޖެހޭ މަސައްކަތް އެބަހުރި. އަޅުގަނޑު ވެކިއުމް ޗެމްބަރު އަލުން އުފެއްދިން، އީބޭއިން ޓަރބޯމޮލެކިއުލަރ ޕަމްޕެއް ގަތިން، ޑިއުޓީރިއަމް ފިއުލް ހޯދިން އަދި އެތެރޭގެ ގްރިޑް ޓެންޓަލަމްއިން އަލުން އުފެއްދިން،" އޭނާ އެކްސްގައި ލިޔެފައިވެއެވެ.
މިސްޓަރ އޯސްވޯލްޓް ބުނާ ގޮތުގައި އޭނާގެ ރިއެކްޓަރަށް ބޭނުންވާ ގިނަ ބައިތައް އޭނާ ހޯދީ އީބޭއިންނެވެ. އަހަރެއްހާ ދުވަހުގެ މަސައްކަތުން މި ބޮޑު އާލާތް އުފެއްދުމަށްފަހު، އެންމެ ފަހުން އޭނާއަށް ކާމިޔާބު ލިބުނެވެ. "13 އަހަރު ފުރުމުގެ ދުވަސްކޮޅެއް ކުރިން ކުރި ރިސްކް ބޮޑު ޓެސްޓުތަކަކަށްފަހު، އަޅުގަނޑަށް ފިއުޝަން ހާސިލުކުރެވި، އޭގެ ހެއްކެއްގެ ގޮތުގައި ނިއުޓްރޯންތައް ޑިޓެކްޓްކުރެވުނު!" އޭނާ ލިޔެފައިވެއެވެ.
މި ކުއްޖާގެ މި އުމުރާ ނުގުޅޭ ކާމިޔާބީއަކީ ސައިންސްގެ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެކެވެ. އެހެންނަމަވެސް މިފަދަ ނުރައްކާތެރި ޓެކްނޮލޮޖީއެއް ކުޑަކުއްޖަކު އަމިއްލައަށް އުފެއްދުމަކީ ސަލާމަތީ ގޮތުން ކަންބޮޑުވާކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!