ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (23)
ކުރީގެ އަދަދާއިގުޅޭ: ” މި ގުޅުން ނިންމާލިޔަސް މިހިތުގައި ތި ނޫން ލޯތްބެއް ނުހިނގާނެ! ދުވަހަކުވެސް…” އެހެން ބުނުމަށްފަހު މާހިލް އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ. މާހިލް ނިކުމެގެން ދިޔައިރުގައިވެސް ޖުމާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ” މާހިލް އެހެން މީހަކާއެކު އުޅޭތަން ބަލަން އަހަންނަށް ދެނެއް ކެތެއް ނުކުރެވޭނެ! ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާހިލްދެކެ އަހަންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ! އަހަރެން ދެން މިތާ އުޅޭކަށްވެސް ބޭނުމެއް ނޫން… ބޭނުމެއް ނޫން” އެނދުގައި އިށީނދެލަމުން ޖުމާއަށް އަމ...