އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބް ރައީސް ޑރ. އަހުމަދު އާސިމް ވެސް ރައީސް ސާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

އެކަން ހާމަކުރައްވާ، އާސިމް ކުރައްވާފައިވާ ޓްވީޓުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ޒަޢާމަތުގައި ރާއްޖެއަށް ގެނެސްދެއްވާފއިވާ ތަރައްޤީ އާއި ކުރިއެރުމާއި ޢިޖުތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމައިފި ކަމަށެވެ.

Ad
rt

އާސިމަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ސަރުކާރުގައި ހުންނެވި ބޭފުޅެކެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބް ރައީސެއްގެ މަގާމަށް ޑރ. އަހުމަދު އާސިމް އިންތިހާބުކޮށްފައިވަނީ 9 ޑިސެމްބަރ 2022 ގަ އެވެ.

ޑރ. އާސިމަކީ ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަނީ މި އަހަރަށް އެ ކައުންސިލުން އިންތިހާބުކޮށްފައިވާ ހަތަރު ނައިބު ރައީސުންގެ ތެރޭގައި ޑރ. އާސިމް ހިމެނިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ސޯޝިއޮލަޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާ އިން ޑިގްރީ އަދި ފިލޯސޮފީ އިން ޑިވެލޮޕްމަންޓް އިން މާސްޓާސް ހާސިލުކުރައްވާފައިވާ ޑރ. އާސިމަކީ ޚާރިޖީ ދާއިރާގެ ބައެއް މަޤާމްތައް ކުރިން ވެސް ފުރުއްވި އެ ދާއިރާގެ ތަޖުރިބާހުރި ބޭފުޅެކެވެ.