ކޮންމެ ރަމަޟާން މަހެއްގައި މާލެއަތޮޅު ހުރާގައި ކުރިއަށް ގެންދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ކުޅުނު އަންހެން ފުރަތަމަ މެޗު ފަސޭހަކަމާއެކު ޓީމު މަންފާ އިން ކާމިޔާބުކޮށްފިއެވެ.
ހުރައަށް ނިސްބަތްވާ މި ޓީމު ރޭގެ މެޗު ކާމިޔާބުކުރީ ޓީމް ތުލުސްދޫ އާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ގެންދިޔައީ 15/25 ،11/25، 16/25 އިންނެވެ.
ރޭގެ މެޗުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުގެ ދެކުޅުން ތެރިން ކަމުގައިވާ އައިޝަތު މާޖިދާ (މާޖީ) އާއި އަޒުމާ (އަޒޫ) ވަނީ ޓީމު މަންފާގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރާއްޖޭގައި މިއަހަރު ބޭއްވުނު ފޯނޭޝަން ކަޕް 2023 ގައި މޮޅުކުޅުމެއްދެއްކި އަދި ރޭގެ މެޗުގައިވެސް މޮޅު ކުޅުމެއް ދެެއްކި، ޓީމު މަންފާގެ ޖާރޒީ ނަންބަރ ދިހައެއް އައިޝަތު މާޖިދާ (މާޖީ) އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާ މާޖީ އަށް އިނާމު ހަވާލުކޮށްދެއްވަނީ،
މި މުބާރާތުގައި މިރޭ ވެސް އޮންނާނީ އަންހެން މެޗެކެވެ. މިރޭ 9:30 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ޓީމު ބިއުޓީސް އާއި ހިންމަފުށި ޓީމެވެ.
މި ދެޓީމުގެ ފުރަތަމަ މެޗަށް މިރޭ ނުކުންނައިރު، ހުރައަށް ނިސްބަތްވާ ޓީމު ބިއުޓީސް ގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ޙައްވާ ރާޝިދާ އަދި ޝަހާ ވެސް ހިމެނެއެވެ. އިދިކޮޅަށް ނުކުންނަ ހިންމަފުށި ޓީމުގައި ގައުމީ ޓީމުގެ ތަޖުރިބާކާރު ސެޓަރ ޖުޒާން ޒަރީރު ހިމެނެއެވެ.
މިމެޗު އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ބައިގާ 5 ޓީމު އަދި އަންހެން ބައިގާ 4 ޓީމު ވަނީ ބައިވެރިވެފައެވެ.
ފިރިހެން ބައިގާ ބައިވެރިވެފައިވަނީ ހިންމަފުށި އެސްސީ، ތަންޑަރ ބޯލްޓް، މަންފާ، ތިރީޑީ އަދި ޓީމް ބްލެކް އީގަލްސް އެވެ. އަންހެން ބައިގާ ބައިވެރިވީ މަންފާ ވުމެން، ތުކުސްދޫ ޑަބްލިއުޓީ، ބިއުޓީސް އަދި ހިންމަފުށި ޑަބްލިއުޓީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!