ކ. ހުރާގައި މިހާރު ކުރިއަށްދާ އެމް.އޭ.ކަޕް 1444 ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ފަސޭހަކަމާއެކު ޓީމް ތަންޑަރ ބޯލްޓް (ހުރާ) އިން ކާމިޔާބުކޮށްފިއެވެ.

އެ ޓީމުން މި މެޗު ކާމިޔާބުކުރީ ހިންމަފުށި ސްޕޯޓްސް އާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. އެއީ 22/25 ،14/25 ،14/25 އިންނެވެ.

Ad
rt

މި މެޗުގައި ލަންކާގެ ޖޫނިއަރ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޓީމް ތަންޑަރ ބޯލްޓުގެ ޕަތުން ދިލްޝާން، އަބްދުﷲ ހަސަން (ޔަންމާ) އަދި ރާއްޖޭގެ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފާޒިލް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ތަންޑަރ ބޯލްޓްގެ ޖާރޒީ ނަންބަރ ދިހައެއް އަބްދުﷲ ހަސަން (ޔަންމާ) އެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ އަންހެން ގްރޫޕްގެ މެޗެކެވެ. މި މެޗުގައި ބައްދަލު ކުރާނީ ރާއްޖޭގެ އަންހެން ވޮލީ ޓީމްގެ ބާރު ސޮޓްޖެހުންތެރިޔާ އަދި މިއަހަރުގެ މޯލްޓިވްސް ސްޕޯޓްސް އެވޯޓް ހާސިލް ކުރި އައިޝަތު މާޖިދާ (މާޖީ) ހިމެނޭ ޓީމް މަންފާ (ހުރާ) އާއި ޓީމް ތުލުސްދޫއެވެ.

މިމެޗް ފެށޭނީ މިރޭ 9:30 ގައެވެ. މިމެޗު އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.