Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
152 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ކާޓާގެ އަހަރީ ޓެކްނިކަލް ކޮންފަރެންސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަނީ
Raajje

ކާޓާގެ އަހަރީ ޓެކްނިކަލް ކޮންފަރެންސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަނީ

ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް (ކާޓާ) ގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. މި ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ މި އަހަރު އެވެ. މި ކޮންފަރެންސް އަކީ ކޮމަންވެލްތަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވ،ާ އަދި ކޮންމެ އަހަރަކު ވެސް ތަފާތު މެމްބަރު ގައުމެއްގައި ބާއްވާ ހަރަކާތެކެވެ. މޯލްްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަހަރުގެ ހަރަކާތް ރާވައި، އިންތިޒާމުކޮށްފައިވ...

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި
Raajje

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި

“ދަ ޑިމޮކްރެޓްސް” ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ވީހާވެސް އަވަހަށް ޕާޓީ ރެޖިސްޓްރީވުން ކަމަށެވެ. މީގެ އިތުރުން އެޕާޓީގެ ހަރުގެ “ހައުސް އޮފް ޑިމޮކްރެޓްސް” ގެ ނަމުގައި ރަސްމީކޮށް މިރޭ ހުޅުވާނެ ކަމަށާއި މި ރަސްމިއްޔާތު އޮންނާނީ މިރޭ 8:30 ގައި ހ....

ށ. އަތޮޅުގެ ތިން ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އަށް
Raajje

ށ. އަތޮޅުގެ ތިން ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އަށް

ށ. އަތޮޅުގެ 3 ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. އެގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ފޯކައިދޫ، ފީވަށް އަދި ފޭދޫގެ ސްވިމިން އޭރިއާ ހެދުމަށެވެ. މިއީ ޑިޒައިން އެންޑް ބިޑު އުސޫލުން ހަވާުކުރި މަސައްކަތެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާ އެވެ. މި އެއްބަސްވުމުގެ […]

ދެވަނަ ދައުރުގައި މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅައިދޭނަން: ރައީސް
Raajje

ދެވަނަ ދައުރުގައި މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅައިދޭނަން: ރައީސް

ދެވަނަ ދައުރުގައި ދެ ކޮމަންޑޫ ގުޅާލާއި، މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ކޮމަންޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ސާލިހުގެ ދެވަނަ ދައުރެއްގައި ކޮމަންޑުއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވާ، އެރަށުގެ ރައްޔިތުން އެދޭގޮތަށް ކޮމަންޑޫ ކައިރީ އޮންނަ ކުޑަފަރުގައި އެއަރޕޯޓެއް ތަ...

"އަންނަން އޮތް ޖީލަށް ޤައުމު ގެންގޮސް ދިނުމުގައި ލިޔުންތެރިން އަދާކުރަނީ މުހިންމު ދައުރެއް"
Raajje

"އަންނަން އޮތް ޖީލަށް ޤައުމު ގެންގޮސް ދިނުމުގައި ލިޔުންތެރިން އަދާކުރަނީ މުހިންމު ދައުރެއް"

ލިޔުންތެރިންނަކީ އަންނަން އޮތް ޖީލަށް ޤައުމު ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އޭނާ ވިދާޅުވީ ލިޔުންތެރިން ލިޔުއްވާ ލިޔުންތައް ލިޔުންވަން ވާނީ ފިތުނަޔާއި ހަސަދަވެރިކަމުން އެއްކިބާވެތިބެ، ތެތުވެރިކަމާއި އެކުގައި ކަމަށެއެވެ. އަދި ވަކި އަތަކަށް ބުރަނުވާގޮތަށް ޒާތީ ނުވާނެ ފަދަގޮތަކަށް ކަމަށެވެ. މިއީ ފައްނ...

ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތަކުގައި "އީފާސް" ނުހިމެނޭ
Raajje

ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތަކުގައި "އީފާސް" ނުހިމެނޭ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތަކުގައި “އީފާސް” ނުހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނޫސްވެރިންނަށް ބޭއްވި “އިލެކްޝަން ރިޕޯޓިން ޓްރޭނިން” ގައި މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުން ބުނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރެވޭނީ ރަސްމީ 4 ލިޔުމެއް ކަމަށެވެ. އެގޮތުން ރަސްމީ ލިޔުމުގެ ގޮތުގައި ބަަލައިގަންނާނީ އައިޑީ ކާޑާއި ޕާސްޕޯޓާއި ލައިސަންސް ކާޑު އަދި ޕާސްޕޯޓު ކާޑު...

ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަމަހު ފަށަނީ
Business

ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަމަހު ފަށަނީ

ށ. ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް މިއަންނަ އޯގަސްޓު މަހު ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، ކޮމަންޑޫގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ހިއްކާ ދެރަށް ގުޅާލުމުގެ މަސައްކަތުގެ ދަށުން އެމްޓީސީސީން މިހާރުވަނީ މަތި ކޮމަންޑޫގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމުގެ ތައްޔާރީތައް ވެސް ފަށާފައެވެ. އެމްޓީސީސީ އިން ބުނީ ހިއްކާ ސަރަޙައްދ...

ދިވެހި ބަސް ދިރުވައި އާލާކުރުމަށް ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި
Raajje

ދިވެހި ބަސް ދިރުވައި އާލާކުރުމަށް ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކާ ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. އެމަނިކުފާނި މިހެން އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ރާއްޖޭގައި މިއަދުފާހަގަކުރާ މި ދުވަހާއި ގުޅިގެން ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް ޝަޢުގުވެރިކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ. “ދިވެހި ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ރާ...

ރާއްޖޭގެ ތަރައްގީގެ ނާރެހަކަށް ބޮޑު ތިލަދުންމަތި ހެދޭނެ: ނާޒިމް
Thiladhunmathi News

ރާއްޖޭގެ ތަރައްގީގެ ނާރެހަކަށް ބޮޑު ތިލަދުންމަތި ހެދޭނެ: ނާޒިމް

ރަނގަޅަށް ޕްލޭންކޮށްގެން ތަރައްގީ ކުރެވިއްޖެނަމަ، ރާއްޖޭގެ ތަރައްގީގެ ނާރެހަކަށް ވާނީ ހަމައެކަނި ބޮޑު ތިލަދުންމަތި ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ “އުޖާލާ ޒަމާން” ގެ ނަމުގައި ހދ. ކުޅުދުއްފުށި ސިޓީގައި އެމްއެންޕީ އިން ކުރިއަށްގެންދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ބޮޑު ތިލަދުންމައްޗަކީ ރާއްޖެއަށް ވަރަށް މުހިންމު ސަރަހައްދެއް ކަމަށާއި އަދި ދެކުނު އޭޝިއާ އަށ...

ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 202 ފަރާތަކަށް ސްކޮލާޝިޕް ދީފި
Raajje

ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 202 ފަރާތަކަށް ސްކޮލާޝިޕް ދީފި

ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 202 ފަރާތަކަށް ސަރުކާރުން ސްކޮލާޝިޕް ދީފިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި ސްކޮލާޝިޕް ސްކީމުގެ ދަށުން ހުޅުވައިލި 200 ފުރުސަތަށް 322 ފަރާތަކުން ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ޕަބްލިކް ކެޓަގަރީ 50 ކެންޑިޑޭޓުން ކޮލިފައިވެފައިވާއިރު، އޯޕަން ކެޓަގަރީ އަށް 152 ކެންޑިޑޭޓުން ކޮލިފައިވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ މި ނަތީޖާއާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 11...

އަދީބުގެ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައި: އެމްޓީޑީ
Raajje

އަދީބުގެ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައި: އެމްޓީޑީ

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް އަދި ނައިބު ރައީސް އަހްމަދު އަދީބުގެ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައިވާ ކަމަށް އެމްޓީޑީ އިން ހާމަކޮށްފިއެވެ. އެ ޕާޓީން މިހެން ބުނެފައި މިވަނީ ރޭގެ ވަގުތެއްގައި ސިއްހީ މައްސަލައެއް ކުރިމަތިވެ، އަދީބަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފެށުމާއި ގުޅިގެން މީޑިއާ އަށް މިއަދު ފޮނުވި މެސެޖެއްގައެވެ. އެ މެސެޖުގައި ބުނެފައިވަނީ އަދީބަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ބައިނަލްއަގުވާމީ އުސޫލުތަކާއި ރާއްޖޭގެ ވެސް ގާނޫނުތަކ...

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ކެލާ މީހަކު ނިޔާވެއްޖެ
Raajje

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ކެލާ މީހަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހއ. ކެލައަަށް ނިސްބަތްވާ މީހަކު ނިޔާވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ނިޔާވެފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހއ. ކެލާ، ސީސާންގެ އަލީ ގާސިމް ކަމަށެވެ. އަދި އެއީ އުމުރުން 81 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މަދީނާގައި ހުންނަ ހޮޓަލުގައި ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިހައިތަނަށް 4 މީހަކު ވަނީ ނިޔާވެފައެވެ. އެގޮތުން ނ. ހޮޅުދޫ، […]

އިހަވަންދޫގައި ތައުލީމާއި ތަމްރީނު ދޭ މަރުކަޒެއް ގާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އިހަވަންދޫގައި ތައުލީމާއި ތަމްރީނު ދޭ މަރުކަޒެއް ގާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ހއ. އިހަވަންދޫގައި ތައުލީމާއި ތަމްރީނު ދޭ މަރުކަޒެއް ގާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނުގައި ވަނީ އެރަށުގައި ތައުލީމާއި ތަމްރީން ދޭ މަރުކަޒެއް ގާއިމްކޮށްދީ، ހިންގައިދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލާފައިވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށާއި މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރު...

އެޗްއާރްސީއެމް ގެ "ޙައްޤުގެ ސައްލާ" މި މަހު 10 ގައި ބާއްވަނީ
Raajje

އެޗްއާރްސީއެމް ގެ "ޙައްޤުގެ ސައްލާ" މި މަހު 10 ގައި ބާއްވަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ “ޙައްޤުގެ ސައްލާ” މި ޖުލައި މަހު ބާއްވަން ނިންމައިފިއެވެ. އެ ކޮމިޝަނުން ވިދާޅުވީ މި ސައްލާ ބޭއްވުމަށް ނިންމާފައިވަނީ މި ޖުލައި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. މި ޕްރޮގްރާމަކީ އިންސާނީ ޙައްޤުތަކުގެ އެކި ދާއިރާތަކުގައި ހުރި މައްސަލަތަކާއި ގޮންޖެހުންތަކާއި މައްސަލަ ޙައްލު ކުރާނެގޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކާ ޚިޔާލު ފާޅުކުރުމަށް އާންމުންނަށް ހުޅުވައިލައިގެން ބާއްވާ ޕްރޮގްރާމެއް ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އޮންލައިން މީޓިން...

އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝާހު އިސްމާއިލް
Raajje

އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝާހު އިސްމާއިލް

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ފުޓްބޯޅަ ލެޖެންޑް ޝާހު އިސްމާޢިލް (ސާޔާ) އައްޔަންކޮށްފިއެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ އެމްޑީއޭ އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. ޝާހު އިސްމާއިލަކީ ރާއްޖޭގައި އުފެދުނު ހުނަރުވެރި ފުޓްބޯޅަ ފޯވާޑުންގެ ތެރޭގައި ހިމެނުނު ފަރާތެކެވެ. އަދި އިދިކޮޅު ޓީމުތަކުގެ ޑިފެންޑަރުން ޖެހިލުންވާ މި ކުޅުންތެރިޔާ ވަނީ ފުޓްބޯޅަ ކުޅުއްވިއިރު، ގިނަ ކާމިޔާބީތަކެއް ވެސް ހޯއްދަވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްބ...