ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް (ކާޓާ) ގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ މި އަހަރު އެވެ.

Ad
rt

މި ކޮންފަރެންސް އަކީ ކޮމަންވެލްތަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވ،ާ އަދި ކޮންމެ އަހަރަކު ވެސް ތަފާތު މެމްބަރު ގައުމެއްގައި ބާއްވާ ހަރަކާތެކެވެ.

މޯލްްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަހަރުގެ ހަރަކާތް ރާވައި، އިންތިޒާމުކޮށްފައިވާއިރު، މިިކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ މި ޖުލައި މަހުގެ 10 ން 13 ގެ ނިޔަލަށް ވިލާ ނޯޓިކާ – ޕެރެޑައިސް އައިލެންޑްގައެވެ. މި ކޮންފަރެންސްގައި 29 ގައުމަކުންނާއި ބައިނަލްއަގުވާމީ 9 އިދާރާތަކުގެ ޓެކުހާއި ބެހޭ މާހިރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މީރާ އިން ބުނީ މި އަހަރުގެ ކާޓާ ޓެކްނިކަލް ކޮންފަރެންސްގެ ތީމަކީ "ރޯލް އޮފް ޑޭޓާ އިން ޓެކްސް ކޮމްޕްލަޔަންސް މެނޭޖްމަންޓް އެންޑް ޓެކްސޭޝަން އޮފް ހޮސްޕިޓާލިޓީ އިންޑަސްޓްރީ (ޓެކްސް ކޮމްޕްލައިންސް މެނޭޖްކުރުމުގައި އަދި ހޮސްޕިޓަލިޓީ އިންޑަސްޓްރީއިން ޓެކްސް ނެގުމުގައި ޑޭޓާގެ ދައުރު) ކަމަށެވެ.

މި ތީމް ކަނޑައެޅުމުގެ މަގްސަދަކ،ީ ވަރުގަދަ ކޮމްޕްލައިންސް ރިސްކް މެނޭޖްމަންޓް ފްރޭމްވޯކެއް ބިނާކުރުމަށާއި ހޮސްޕިޓައިލިޓީ އިންޑަސްޓްރީން
ޓެކްސް ނެގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު މެމްބަރު ގައުމުތަކުގެ ބައިވެރިންގެ މެދުގައި ޝައުގުވެރި މަޝްވަރާތައް އުފެއްދުމާއ،ި އެކި ގައުމުތަކުގެ ތަޖުރިބާ ހިއްސާކުރުން ކަމަށް މީރާއިން ބުނެއެވެ.