ށ. އަތޮޅުގެ 3 ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

އެގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ފޯކައިދޫ، ފީވަށް އަދި ފޭދޫގެ ސްވިމިން އޭރިއާ ހެދުމަށެވެ. މިއީ ޑިޒައިން އެންޑް ބިޑު އުސޫލުން ހަވާުކުރި މަސައްކަތެކެވެ.

Ad
rt

މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާ އެވެ.

މި އެއްބަސްވުމުގެ ދަށުން ފީވަކުގައި ފަތާ ސަރަހައްދު 3575 ކޮޑިމީޓަރަށް ފުން ކުރުމާއި 50 މީޓަރު ގްރޮއިން ޖެހުމާއި 97 މީޓަރު ބޭރުތޮށި ލުން ހިމެނެއެވެ. ފޭދޫގައި 2106 ކޮޑިމީޓަރަށް ފަތާ ސަރަހައްދު ފުން ކޮށް، 50 މީޓަރު ގްރޮއިން ޖަހައި، 62 މީޓަރުގެ ބޭރުތޮށި ލުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ފޯކައިދޫގައި ފަތާ ސަރަހައްދު 2730 ކޮޑިމީޓަރަށް ފުންކޮށް، 40 މީޓަރު ގްރޮއިން ޖަހައި، 101.56 މީޓަރޔގެ ބޭރުތޮށި ލުމަށް ނިންމާފައި ވެއެވެ.

210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މި މަަސައްކަތްތައް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 16،617،895.33 ރުފިޔާ އަށެވެ.