ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ "ޙައްޤުގެ ސައްލާ" މި ޖުލައި މަހު ބާއްވަން ނިންމައިފިއެވެ.
އެ ކޮމިޝަނުން ވިދާޅުވީ މި ސައްލާ ބޭއްވުމަށް ނިންމާފައިވަނީ މި ޖުލައި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
މި ޕްރޮގްރާމަކީ އިންސާނީ ޙައްޤުތަކުގެ އެކި ދާއިރާތަކުގައި ހުރި މައްސަލަތަކާއި ގޮންޖެހުންތަކާއި މައްސަލަ ޙައްލު ކުރާނެގޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކާ ޚިޔާލު ފާޅުކުރުމަށް އާންމުންނަށް ހުޅުވައިލައިގެން ބާއްވާ ޕްރޮގްރާމެއް ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
އޮންލައިން މީޓިން ޕްލެޓްފޯމެއްގައި ކުރިޔަށް ގެންދާ މިފަހަރުގެ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ދޮށީ އުމުރުގެ މީހުންގެ ޙައްޤުތަކާއިމެދު މަޝްވަރާކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މަހުގެ 10 ވާ ހޯމަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން ރަޖިސްޓްރީވުމަށް އެޗްއާރްސީއެމް އިން އެދިވަޑައިގަންނަވައެވެ.
އެ ކޮމިޝަނުން އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުގައި ފުރުސަތު ދިނުމަށް ނިންމާފައިވަނީ ފުރަތަމަ ރަޖިސްޓްރީކުރައްވާ 50 ފަރާތަށް ކަމަށެވެ.
"ޙައްޤުގެ ސައްލާ" ގައި ބައިވެރިވުމަށް: https://forms.gle/eh7EptxHKPHK3y8PA
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!