ހއ. އިހަވަންދޫގައި ތައުލީމާއި ތަމްރީނު ދޭ މަރުކަޒެއް ގާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނުގައި ވަނީ އެރަށުގައި ތައުލީމާއި ތަމްރީން ދޭ މަރުކަޒެއް ގާއިމްކޮށްދީ، ހިންގައިދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލާފައިވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށާއި މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން ޖުލައި 17 ވާ ހޯމަ ދުވަހުގެ މެންދުރު 11 ޖެހުމާއި ހަމައަށް ރަޖިސްޓްރީ ފޯމު ހުށަހެޅޭނެ ކަމަށާއި ޕްރޮޕޯސަލް ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އެ ކައުންސިލުން ވިދާޅުވެފައިވަނީ މި ޕްރޮޖެކްޓާ ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ ޖުލައި 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11 ޖަހާއިރު، އެ ކައުންސިލުގެ އިދާރާގައި ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅުމާއި ހުޅުވުން އޮންނާނީ ޖުލައި 24 ވާ ހޯމަ ދުވަހުގެ މެންދުރު 11 ޖަހާއިރު އެ ކައުންސިލްގެ އިދާރާގައި ކަމަށް ވެސް ވިދާޅުވެއެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ޖުލައި 17 ވާ ހޯމަ ދުވަހުގެ ކުރިން ފޮނުއްވުމަށް އެދޭ ކަމަށް ވެސް އިހަވަންދޫ ކައުންސިލުން އެދިލައްވާފައި ވެއެވެ.
ފޯމް" ގެ ލިންކު: https://forms.office.com/r/vRkFLhDbet
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!