މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް އަދި ނައިބު ރައީސް އަހްމަދު އަދީބުގެ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައިވާ ކަމަށް އެމްޓީޑީ އިން ހާމަކޮށްފިއެވެ.

އެ ޕާޓީން މިހެން ބުނެފައި މިވަނީ ރޭގެ ވަގުތެއްގައި ސިއްހީ މައްސަލައެއް ކުރިމަތިވެ، އަދީބަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފެށުމާއި ގުޅިގެން މީޑިއާ އަށް މިއަދު ފޮނުވި މެސެޖެއްގައެވެ.

Ad
rt

އެ މެސެޖުގައި ބުނެފައިވަނީ އަދީބަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ބައިނަލްއަގުވާމީ އުސޫލުތަކާއި ރާއްޖޭގެ ވެސް ގާނޫނުތަކާއި ޚިލާފަށް 2015 އިން 2018 އަށް 24 ގަޑިއިރުވަންދެން، ބޭރަށް ނުނުކެމެވޭގޮތަށް، އޭނާ ޖަލު ބަންދުގައި ބޭއްވުމުގެ ސަބަބުން ކަމަށެވެ.

އަދީބުގެ ހާލަތު މިހާރު ހުރީ ކަންބޮޑުވާންޖެހޭފަދަ ހާލަތެއްގައި ކަމަށާއި އޭނާގެ ހާލަތު ގާތުން ވަޒަންކޮށް، މައުލޫމާތު ލިބުނުވަރަކުން އާންމުނާ ހިއްސާ ކުރަމުންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މީގެ ކުރިންވެސް ވަނީ ލޮލުގެ އެކި މައްސަލަތަކާއި ސިއްހީ އެކި މައްސަލަތައް ކުރިމަތިވެ، ފަރުވާދީފައެވެ.