ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން މާއްޓޭ އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ (އެމްޑީ) ގެ މަގާމުގައި ހުންނެވި މައުރޫފް އަހްމަދު (މާއްޓޭ) އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ޕްރައިވަޓަޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑަށް ފޮނުއްވި ސިޓީ ވަނީ އާންމުވެފައެވެ. އެ ސިޓީގައި މާއްޓޭ ވިދާޅުވެފައިވަނީ މިއަދުން ފެށިގެން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމުން އިސްތިއުފާ ދެއްވައިފިން ކަމަށެވެ. އެހެންނަމަވެސް ސަބަބެއް ހާމައެއް ނުކުރައްވައެވެ. މާއްޓޭގެ ސިޓީގައި ދި...