މ. ކޮޅުފުށީގައި މޫދަށް އެރި އުޅުނު ކުއްޖަކު ނިޔާވެއްޖެއެވެ.

ދިވެހިި ފުލުހުންގެ ހިދުމަތުން ވިދާޅުވީި މ. ކޮޅުފުށީގައި ގެއްލިގެން ހޯދަމުންދިޔަ ކުއްޖަކު މޫދުން ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށެވެ. އަދި އެއީ އުމުރުން 1 އަހަރުގެ ކުއްޖެއް ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

މީގެ އިތުރުން އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އެކުއްޖާ ނިޔާވެފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:38 ހާއިރު ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.