ކުޅުދުއްފުށީގެ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކީގައި: ލަތީފް

IMG_8803

ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ތިބީ ރައީސް ޔާމިނާއި އެކީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން ކުޅުދުއްފުށީގައި ރޭ ބޭއްވި "ދިވެހީންގެ ރާއްޖެ" ރައީސް ޔާމީން 2023 ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ލަތީފް ވިދާޅުވީ ކުޅުދުއްފުއްޓަށް ޔާމިންގެ ސަރުކާރުގައި ގެނެސްދީފައިވާ ތަރައްގީ ފިޔަވާ މާބޮޑު ތަރައްގީއެއް ގެނެވިފައި ނުވާ ކަމަށެވެ. އަދި ފާއިތުވި 5 އަހަރު ތެރޭގައި އެސިޓީގައި ބޮޑު އެއްވެސް މަޝްރޫއެއް ފެށިފައި ވެސް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ސިޓީ، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ ދެ މެމްބަރުން ވެސް އިންތިހާބު ވެގެން އައީ އެމްޑީޕީން ކަމަށާއި އެ ސިޓީގެ ކައުސިލް ވެސް ރައްޔިތުން ދީފައިވަނީ އެމްޑީޕީއަށް ކަމަށެވެ.

އެހެންނަމަވެސް މި ދައުރުގައި އެސިޓީގައި މުހިންމު ބޮޑު އެއްވެސް މަޝްރޫއެއް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދެވިފައި ނުވާ ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޮޑު ތިލަދުންމަތީގައި ކުޅުދުއްފުށްޓަށް ނާންނަ ތަރައްގީއެއް އަންނާނެ އެހެން ރަށެއް ނޯންނާނެ ކަމަށާއި އެއީ އެ ސިޓީއަކީ އެންމެ އާބާދީ ބޮޑު ރަށް ކަމަށް ވެފައި އަތޮޅުގެ އެހެން ރަށްރަށުން ގިނަ ހިދުމަތްތަކެއް ހޯދަން އެރަށަން އަންނަން ޖެހޭތީކަން އޭނާ ފާހަގަކުރެއްވިއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި