މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ވިޔަފާރި ދާއިރާއަށް ޒުވާނުން ނެރެ ތަމްރީން ކުރައްވާނެ ކަމަށް އެޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"ވިޔަފާރި 101 ވިތް ނާޒިމް" ނަމުގައި ސަލްޓަންޕާކުގައި ބޭއްވި ހާއްސަ އިވެންޓެއްގައި އޭނާގެ ސަރުކާރެއްގައި ވިޔަފާރި ފެށުމަށް ސްޓާޓަޕް ލޯނު ދޫކުރާނެ ކަމަށާއި ވިޔަފާރި ލޯނުތައް ދޫކުރުމުގައި އެއްވެސް ތަފާތުކުރެއް ނެތި ހަމަހަކަމާއެކު އެކަން ކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ ބޭފުޅުން ދޮގުހަދާހަދާ މިވާހަކަ މިހާރު ގަބޫލު ވެސް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގައި ފައިސާ ހޯދިދާނެ ގިނަ ވިޔަފާރިތައް އެބަހުރި ކަމަށާއި ވިޔަފާރީގައި ވެސް ކުރިޔަށް ދެވޭނީ ރީތި އަހުލާގެއް ހުރެގެން ކަމަށެވެ. އަދި ވިޔަފާރީގައި ވެސް ދިމާވާ މައްސަލަތަކާއިމެދު ވިސްނާ ފިކުރުކޮށް އެކަމުން އަރައިގަންނަގޮތެއް ހޯދައި، ޕްރޮފެޝަނަލްކޮށް އެކަމެއްގެ ހައްލު ހޯދުމަށް ލަފާދަެއްވާ، ނާޒިމް ވަނީ ނެގެޓިވިޓީ ދޫކޮށް އަބަދު ވެސް ޕޮސިޓިވްކޮށް ވިސްނުމަށް އެދިވަޑައިގެންފައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މިހާރު ލޯނު ވެސް ލިބެނީ އެބަޔެއްގެ އާއިލާ މީހުންނާއި ގާތް ރައްޓެހިންނަށް ކަމަށެވެ.

ވިޔަފާރިން ވެސް ލިބޭ އެއްޗަކަށްވުރެ ގިނައިން ޚަރަދު ނުކުރުމަށް އެދިވަޑައިގެން، ނާޒިމް ވަނީ ރިސްކާއިނުލާ ވިޔަފާރި ކުރިއަރައި ނުދާނެ ކަމަށާއި އެހެންކަމުން އުއްމީދާއެކު އޮޕްޓިމިސްޓިކްކޮށް ވިސްނައި، ކޮންމެ ކަމެއްގައި ވެސް ދެކޮޅު ހޯދައި ބެލުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ނާޒިމްގެ ވިޔަފާރި ފެށިގެން އައި ގޮތް ކިޔައިދެމުން އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުއްވިދުވަސްވަރު ފައިސާ ރައްކާކުރި ކަމަށާއި އޭރުވެސް ވިސްނަމުން ދިޔައީ ކިޔަވާ ނިމިގެން ރާއްޖެ އައިސް ވިޔަފާރިއެއް ފަށަން ކަމަށެވެ.

އެހެންނަމަވެސް ރާއްޖެ އައިސް ސިފައިންގޭގައި މަސައްކަތްކުރުމަށްފަހު، ސިޔާސީ ދާއިރާއަށް ނުކުތީ ކަމަށާއި ސިޔާސީ ދާއިރާއަށް ނުކުމެ ޖަލަށް ދާން ޖެހުމުން ވެސް ވަރުގަދަ އަޒުމާއެކު ރޫހާނީ ގޮތުންނާއި އިލްމީ ގޮތުން ގިނަ މަސައްކަތްތައް ކުރަމުންދިޔަކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.