ހއ. ދިއްދޫ ގައި ފައުންޑޭޝަން އިން ނާސިން ކޯހެއް ކުރިއަށް ގެންދިއުމަށް ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ތިލަދުންމަތީ އުތުރުބުރި ދިއްދޫ ކައުންސިލު އިދާރާ އިން ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ، އެކައުންސިލްގެ އެހީތެރިކަމާއެކު ވިލާ ކޮލެޖުން ސެޓްފިކެޓް 4 އިން ނާސިން ކޯހެއް އެރަށުގައި ގެންދަން ނިންމާފައިވާ ކަމަށެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހު އެވެ.
މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ދިވެހި އަދި އިސްލާމް މާއްދާ ހިމެނޭގޮތަށް ޖީސީއީ އޯލެވެލް އިމްތިހާނުގެ 3 މާއްދާއިން ސީ ގްރޭޑް ނުވަތަ އެއަަށްވުރެ މަތީ ފާހެއް ލިބިފައިވުމެވެ.
މަހަކު 3299 ރުފިޔާ ކޯހުގެ ފީގެ ގޮތުގައި ދައްކަންޖެހޭ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުގެ މެންދުރު ފަހު 2 ޖެހުމުގެ ކުރިން އެ ފަރާތެއްގެ މައުލޫމާތު ކައުންސިލަށް ހުށަހެޅުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!