ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު (ހަނަފީ) ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފިއެވެ.

އޭނާ އެމްޑީޕީ އަށް ސޮއި ކުރެއްވިކަން ހާމަކުރައްވާފައިވަނީ މިއަދުއެވެ.

Ad
rt

ހަނަފީ ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑުވައިޒަރުކަމުގެ މަގާމު ވެސް އެއްދުވަހަށް ފުރުއްވާފައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވި ދުވަސް ނޫން އަނެއް ދުވަހު ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.

ހަނަފީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ އާއި ގުޅިވަޑައިގަތީ އިތުރު 60 މެންބަރެއްގެ ސޮޔާ އެކުގައި ކަމަށެވެ.

ރައީސް ސާލިހުގެ ސަރުކާރުގެ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވީ ވެސް ހަނަފީ، ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި އެ މަގާމަށް އައްޔަން ކުރެއްވީ ޑިސެމްބަރު 23، 2018 ގައެވެ.

ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ވެސް ހަނަފީ ވާދަކުރައްވާފައިވީނަމަވެސް އޭނާ އެ މަގާމަށް އިންތިހާބުވެފައެއް ނުވެއެވެ.