މެލޭޝިޔާއިން މަތީ ތައުލީމް އުނގެނުމަށް ސްކޮލާޝިޕް ފުރުޞަތު ހުޅުވާލައިފި
މެލޭޝިޔާގެ ޔޫ.ސީ.އެސް.އައި ޔުނިވާސިޓީއިން މަތީތައުލީމު ޙާސިލްކުރުމަށް 21 ސްކޮލާޝިޕްގެ ފުރުސަތު، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންއިން ހުޅުވާލައިފި އެވެ. ހަޔާ އެޑިޔުކޭޝަނުން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައިވާގޮތުން މެލޭޝިޔާގެ ޔޫ.ސީ.އެސް.އައި ޔުނިވާސިޓީއިން ތިން ގިންތިއަކުން 21 ފުރުސަތެއް ވަނީ ހުޅުވާލާފައެވެ. އެއީ ޕީ.އެޗް.ޑީއަށް ކިޔެވުމުގެ ދެ ފުރުސަތަކާއި، މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ 13 ފުރުސަތަކާއި އަދި ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ 6 ފުރުސަތެކެވެ. މި ފުރުސަތުތަކަށް ކުރިމަތިލާއިރު ހަމަވާން...