ރޭގަނޑުގެ ވަގުތުގައި ގޮލްފް ކުޅެން ބޭނުންވާ ފަތުރުވެރިންނަށް ހާއްސަކޮށް ވެލާ ޕްރައިވެޓް އައިލެންޑްގައި "ނައިޓް ގޮލްފް" ތައާރަފްކޮށްފި އެވެ.

ނ. އަތޮޅުގައި ހިންގާ ވެލާ ރިސޯޓުގެ ގޮލްފް އެކަޑަމީގެ ފަރާތުން ހިންގާ ގޮލްފް ކޯސް ނުވަތަ ގޮލްފް ކުޅޭ ބިމަކީ ބޮޑު ޖާގައެއް އޮންނަ ތަނެކެވެ. އެތަން ޑިޒައިން ކޮށްފައިވަނީ މަޝްހޫރު ގޮލްފް ކުޅުންތެރިޔާ އަދި ޑިޒައިނަރު ހޮސެ މަރިއާ އޮލަޒަބަލް އެވެ.

Ad
rt

އަލަށް ތައާރަފް ކުރި "ނައިޓް ގޮލްފް" ގައި ގޮލްފް ބޯޅައާއި، ހޮރު އަދި ހޮރުތަކުގެ ކައިރީގައި ހުންނަ ދިދަތައް ހުންނަނީ ދިއްލާލާފަ އެވެ. އެހެންވެ، ރޭގަނޑުގެ ވަގުތު އެ ކުޅޭއިރު ބަލާލަން ހިތްގައިމުވެފައި ރީއްޗެވެ.

ނައިޓް ގޮލްފްގެ ދެ އޮފާ އެއް ވެލާއިން ދެ އެވެ. ފުރަތަމަ އޮފާއަކީ "ޕާޝަލް ގޭމް" އެވެ. އޭގައި ގޮލްފް ކޯސް ކޮންމެވެސް ވަރަކަށް ދިއްލަ އެވެ. ނަމަވެސް، "ފުލް ގޭމް" ގައި މުޅި ކޯސް އެކަށް އަނދިރިކޮށްލަ އެވެ.

އަލަށް ފަށާ މީހުންނާއި ގޮލްފްގެ ތަޖުރިބާކާރުންނަށް ވެސް ނައިޓް ގޮލްފް ކުޅެވޭނެ އެވެ. ރަނގަޅަށް ކުޅެން ދަންނަ މީހުން އިތުރަށް ރަނގަޅުވާކަން ފާހަގަކޮށް ރޭގަނޑު ކުޅެންދާ މީހުން ބުނަނީ ނައިޓް ގޮލްފަކީ ޕްރޯ ކޮށް ކުޅެން މަޖުބޫރު ގޭމެއްކަމަށެވެ.

ވެލާ ޕްރައިވެޓް އައިލެންޑަކީ ރާއްޖޭގެ އެންމެ އަގުބޮޑު އަދި މަގްބޫލު އެއް ރިސޯޓެވެ. އާންމުގޮތެއްގައި އެ ރިސޯޓު ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި އޮންނަނީ އެތަނުގެ މުވައްޒަފުންނަށް ދޭ ބޮޑު ސާވިސްޗާޖުންނެވެ.