ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޝިއާއުގެ މަރާއި ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ޝިފާއު ވިދާޅުވީ، ޢާއިލާގެ ފަރާތުން އެދިފައިވާތީ ޝިއާއުއަށް ދީފައިވާ އަނިޔާތަކާ ގުޅޭ ތަފްސީލުތައް ހާމަކުރަށްވަން ބޭނުންނުވާ ކަމަށެވެ.
ޝިއާއު މަރާލި ކޮޓަރި އަކީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ދިރިއުޅުނު ކޮޓަރި ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ޝާހިލް ހުރީ މަސްތުގެ ހާލަތުގައި، ކުށުގެ ވެށިން ހަތިޔާރު ފެނުނު
މި ހާދިސާ ހިނގި ކަމުގެ ރިޕޯޓް ފުލުހުންނަށް އާންމު ފަރާތަކުން ހުށަހެޅީ ރޭ 23:18 ގައެވެ.
މި މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރި ޝާހިލްގެ ބަންދާމެދު ގޮތެއް ނިންމުމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ޢަމުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!