ސްރީލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ވަނީ ރާއްޖޭގައި ހުންނެވުމަށްފަހު މިއަދު ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހުއެވެ.

Ad
rt

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގޮޓާބަޔަ އިސްތިއުފާ ދެއްވައި އެކަން އެންގެވީ އީމެއިލް މެދުވެރިކޮށެވެ.

ގޮޓާބަޔަ އިސްތިއުފާ ދެއްވިކަން އަންގާ ފޮނުއްވި ސިޓީ، ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަތީ މީގެ އިރުކޮޅެއް ކުރިން ކަމަށް ލަންކާގެ ބައެއް ނޫސްތަކުގައި ބުނެފަވެއެވެ.

ސްރީލަންކާގައި އިގުތިސާދީ ކާރިސާއެއް ތަހައްމަލު ކުރަންޖެހި ރައްޔިތުން ލޭ ހޫނުވެ އެ ޤައުމުގެ ސަރުކާރާއި ދެކޮޅަށް ފެށި މުޒާހަރާތަކާއިގުޅިގެން ހަމަނުޖެހުން ބޮޑުވެ ޢާންމުން ގޮސް މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ ގަނޑުވަރު ހިސޯރުކޮށްފައިވަނިކޮށް ފިއްލަވައިގެން އުޅުއްވުމަށްފަހު ގޮޓާބަޔަ ރާއްޖެ ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުގެ ރެއެވެ.

ރާއްޖެ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ ލަންކާއިން ޔޫއެއީއަށް ވައިގެ މަގުންނާއި ކަނޑުގެ މަގުންވެސް ވަޑައިގަންނަވަން މަސައްކަތް ކުރަށްވާފައިކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.