މާލެއިން 17 އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން ސަތާރަ އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

Ad
rt

އެކުއްޖާ ގެއްލިގެން ކުއްޖާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

އެހެންކަމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

އަދި އެ އިދާރާއިން ދަނީ އެކަމާއި ގުޅިގެން އިތުރަށް ބައްލަވަންޖެހޭ ކަންކަން ބައްލަވަމުން ކަމަށް ވެސް ވިދާޅުވިއެވެ.