އެމެރިކާގެ އަވަށެއްގައި ތޫފާނީ ބޮޑު ކޮޅިގަނޑެއް އުފެދިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު އެ ކޮޅިގަނޑު އުފެދުނީ އެމެރިކާގެ ނޯތު ޑަކޯޓާ ސްޓޭޓުގައި ހުންނަ ލަންސްފޯޑު އަވަށުގެ މަތީގަ އެވެ.

Ad
rt

އެ ހާދިސާ ހިނގީ އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަރަށް ގަދަޔަށް ގުގުރާ ވިދާނެ ކަމުގެ އިންޒާރުދީފައިވަނިކޮށެވެ.

ކެނެޑާގެ ފޮޓޯގްރާފަރެއް ނަގާފައިވާ ވީޑިއޯ މަންޒަރުން ފެންނަގޮތުގައި، ލަންސްފޯޑުގެ ގެތައް މަތިން ފެންނަ އެ ކޮޅިގަނޑަކީ ބިރުވެރި އަދި ބޮޑު ކޮޅިގަނޑެކެވެ. އިނގިރޭސި ބަހުން އޭގެ ކޮޅިގަނޑަށް ކިޔާ އުޅެނީ "ސްޓޯމް ސެލް" އެވެ.

ކޮޅިގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 70 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ދީފާވެ އެވެ.