Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
51 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް ޕީޖީ އޮފީހުން ކޯޓުތަކަށް ބާރު އަޅަނީ
Raajje

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް ޕީޖީ އޮފީހުން ކޯޓުތަކަށް ބާރު އަޅަނީ

ރާއްޖޭގެ ޝަރުއީ އެކިއެކި ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރެއިން ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް ބާރު އެޅުމުގެ ގޮތުން އޮޓޮމެޓިކުން ކޯޓުތަކަށް ސިޓީއެއް ފޮނުވޭނެ ގޮތަށް ހަދާފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ. ޕީޖީ އޮފީހުން ބުނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް ޕީޖީ އޮފީހުން އިސް ނަގައިގެން ދައުލަތުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. މި އޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އިސްތިރާޖީ ގޮތެއ...

އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ފަށައިފި
Raajje

އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ފަށައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ. ދެ ޕާޓީގެ ޕްރައިމަރީ ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން 40 ދާއިރާއެއްގައި އޮންނަ އިރު، ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރެއެވެ.  އަދި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ފޮށިތައް 95 ރަށެއްގައި ވަނީ ބަހައްޓައިފައެވެ. ޕްރައިމަރީއަކާ ނުލައ...

މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން އެއްބަސްވެއްޖެ
Raajje

މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން އެއްބަސްވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ އިން ބާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ބުނެފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ “ހައި ލެވެލް ކޯ ގްރޫޕް” ގެ ދެވަނަ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ ވަނީ ބާއްވައިފައެވެ. އެ ބައްދަވުމުގައި ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ވަފްދެއް އިންޑިއާ އަށް ވަނީ ގޮސްފައ...

ޗައިނާ މީހުން އެމެރިކާ އިން ބިން ގަންނާތީ އެމެރިކާގެ މެމްބަރުން ކަންބޮޑުވެފައި!
International

ޗައިނާ މީހުން އެމެރިކާ އިން ބިން ގަންނާތީ އެމެރިކާގެ މެމްބަރުން ކަންބޮޑުވެފައި!

ދަނޑުވެރިކަން ކުރުމުގެ ބޭނުމުގައި ޗައިނާގެ ރައްޔިތުން، އެމެރިކާ އިން ބިން ގަންނާތީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. އެމެރިކާ އިން މި ފަހުން ބިން ގަތް ޗައިނާ ރައްޔިތަކީ އެ ގައުމުގެ ބިލިއަނަރެއް ކަމަށްވާ ޓިއަން ކުއަޗެންއެވެ. އޭނާ ވެފައި ވަނީ އެމެރިކާ އިން ދެވަނަ އަށް އެންމެ ބޮޑު ބިން ގަތް ބޭރުގެ މަހުޖަނަށެވެ. ދަނޑުވެރިކަމުގެ ބޭނުމަށް ޗައިނާ ރައްޔިތުން ބިން ގަންނަ ވާހަކަ މީޑިއާގެ ސަމާލުކަމަށް މިހާރު ވަނީ […]

ވިނަރެސް ފްލެޓްތަކުން 4،200ރ. ކަނޑާލައިފި
Business

ވިނަރެސް ފްލެޓްތަކުން 4،200ރ. ކަނޑާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ “ވިނަރެސް” ފްލެޓްތަކުގެ އަގުން 4،200ރ. ކަނޑާލައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވިނަރެސް މަޝްރޫއު އިން ފްލެޓު ގަތް މީހުންގެ އެދުމުގެ މަތިން ރައީސް މުއިއްޒުގެ “ހަފްތާ 14” މަގު ޗާޓާ އެއްގޮތަށް އެ ކުންފުނިން އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، “ލީސް ޓު އޯން މޮޑެލް” ގެ އިންޓަރެސްޓް ރޭޓު %9 […]

ތެލެސީމިއާ އަށް ހޭލުންތެރި ކުރުމަށް ގައުމީ ކެމްޕެއިނެއް ފަށައިފި
Raajje

ތެލެސީމިއާ އަށް ހޭލުންތެރި ކުރުމަށް ގައުމީ ކެމްޕެއިނެއް ފަށައިފި

ރާއްޖޭގައި ތެލެސީމިއާ އަށް ހޭލުންތެރިކުރުމަށް ގައުމީ ކެމްޕެއިނެއް މިއަދު ފަށައިފިއެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކެމްޕެއިން ލޯންޗުކޮށް ދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ގައުމީ ކެމްޕެއިންގެ މަގްސަދަކީ ތެލެސީމިއާއާ ގުޅިގެން ލޭ އަޅާ ކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތަ އަށް ދަށް ކުރުމެވެ. މީގެ އިތުރުން ގައުމީ ފެންވަރުގައި އާއި ފަރުދީ ފެންވަރުގައި […]

އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ކަނޑައަޅައިފި
Raajje

އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ކަނޑައަޅައިފި

އިންޑިއާ އިން 2024-2025 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ރާއްޖެ އަށް 72 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ދިނުމަށް ކަނޑައަޅައިފިއެވެ. އަވަށްޓެރި އިންޑިއާ އިން ކޮންމެ އަހަރެއްގެ ބަޖެޓު ވެސް ހަދަނީ އޭޕްރީލް މަހުގެ 1 އިން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. މި ހިނގާ 2023-2024 ގެ ބަޖެޓު މި މާޗް މަހުގެ ނިޔަލަށް ނިމޭއިރު، އެ ބަޖެޓުގައި ރާއްޖެއަށް ވަނީ ހިލޭ އެހީގެ ގޮތުގައި 93 މިލިއަން ޑޮލަރު (1.4 ބިލިއަން […]

ރާއްޖެއަށް ބޭނުން ޖެހިފައިވާ ކަންކަމަށް އެހީވާނަން: ޕާކިސްތާނު
Raajje

ރާއްޖެއަށް ބޭނުން ޖެހިފައިވާ ކަންކަމަށް އެހީވާނަން: ޕާކިސްތާނު

ރާއްޖެ އަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޕާކިސްތާނުން ދީފައިވާ ކަމަށް ދިވެހިން ސަރުކާރުން މިއަދު ބުނެފި އެވެ. ޕާކިސްތާނުން އެ ޔަގީން ކަން ދީފައި ވަނީ އެ ގައުމުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު ނުވަތަ އިންތިހާބީ ބޮޑުވަޒީރު އަންވާރުލް ހައްގު ކަކަރް އާ އެކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަޝްވަރާތަކުގަ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި މަޝްވަރާތަކުގައި ރާއްޖެ އާއި ޕާކިސްތާނާ […]

ވިލިނގިލިން ފެނުނު ހޯއްގޮވާ ކެއްސުން ޖެހުނު މީހުންގެ އަދަދު ފަހަކަށް
Raajje

ވިލިނގިލިން ފެނުނު ހޯއްގޮވާ ކެއްސުން ޖެހުނު މީހުންގެ އަދަދު ފަހަކަށް

‏ގއ.ވިލިނގިލިން ހޯއްގޮވާ ކެއްސުން (ޕަޓޫސިސް) ޖެހުނު މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ވިލިނގިލީގައި ބަލި ފެތުރުން، މަދު ކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ ވިލިނގިލިން މި އަހަރުގެ މިހާތަނަށް ފެނުނު ފަސް ވަނަ ކޭސްއެވެ. ހޯއްގޮވާ ކެއްސުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތ...

ޝަމީމަށް ދިން ހަމަލާގެ ފުން ހަގީގަތް ހޯދަން ޕީޕީއެމް/ޕީއެންސީން ގޮވާލައިފި
Raajje

ޝަމީމަށް ދިން ހަމަލާގެ ފުން ހަގީގަތް ހޯދަން ޕީޕީއެމް/ޕީއެންސީން ގޮވާލައިފި

ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު ޝަމީމަށް ދިން ހަމަލާގެ ފުން ހަގީގަތް ހޯދައި މިކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީން ގޮވާލައިފިއެވެ. ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަމީމަށް މަގުމަތިން ދިން ހަމަލާއާ މެދުގައި ކަންބޮޑުވާ ކަމަށާއި ދައުލަތުގެ ޒިންމާދާރު އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދިން މި ހަމަލާ ކުށްވެރި ކުރަނީ އެންމެ ހަރުކަށި އިބާރާތުން ކަމަށެވެ. މި ޖަރީމާ ހިންގުމުގައި ބައިވެރިވި މީހުން ހޯދައި އިންސާފުގެ ކުރިމައްޗ...

އަނިޔާވެރި އަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ސަރުކާރު
Raajje

އަނިޔާވެރި އަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ސަރުކާރު

ރާއްޖޭގައި ޓެރަރިސްޓް އަދި އަނިޔާވެރި އަމަލުތައް އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަަކާ އިހްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާ އެކު މަސައްކަތް ކުރަމުން ދާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މިއަދު ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް...

ޝަމީމަށް ހަމަލާ ދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: އެމްޑީޕީ
Raajje

ޝަމީމަށް ހަމަލާ ދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: އެމްޑީޕީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަމީމަށް މަގުމަތިން ދިން ހަމަލާ އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ މެދުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވ...

ރާއްޖެ އާއި ލަންކާއާ ދެމެދު މާޗް 1 ގައި އެއާ އެމްބިއުލާންސްގެ ދަތުރުތައް ފަށަނީ
Raajje

ރާއްޖެ އާއި ލަންކާއާ ދެމެދު މާޗް 1 ގައި އެއާ އެމްބިއުލާންސްގެ ދަތުރުތައް ފަށަނީ

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ދަތުރުތައް އަންނަ މާޗް 1 ގައި ފެށުމަށް ނިންމައިފިއެވެ. ރަސްމީ ދަތުރެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިވަގުތު ހުންނެވީ ސްރީލަންކާގައެވެ. އެ ދަތުރުގައި އަމީން ވަނީ  ޕޯޓްސް، ޝިޕިން އަދި އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. ހާއްސަކޮށް ދަތުރުފަތުރު ކުރުމުގެ ދާއިރާ އިން ގުޅުން […]

އެމްޑީޕީގެ ހަ މެމްބަރުން ވިޕްލައިނާ ހިލާފުވި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
Parliament

އެމްޑީޕީގެ ހަ މެމްބަރުން ވިޕްލައިނާ ހިލާފުވި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ

މި ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުން ދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މެމްބަރުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރަކަށް ރުހުން ދީފައިވެއެވެ. ރުހުން ނުދިން ވަޒީރުން އަލުން ވަނީ އެ މަގާމަށް އައްޔަން ކުރައްވައިފައެވެ. އެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ އަނެއްކާ ވެސް މަޖިލިހަށް ހުށަހަޅައި ގޮތެއް ނިންމަން ޖެހެއެވެ...

ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި ބޭސް ބޭނުން ނުކުރަން އަންގައިފި
Raajje

ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި ބޭސް ބޭނުން ނުކުރަން އަންގައިފި

ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ބޭސް، ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ނުކެއުމަށާއި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ. އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކޮށް ވިއްކާ ކޮންމެ ބޭހެއްގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް، “ޕޯސްޓް މާކެޓް ސަވައިލަންސް ޕްލޭން” އެއް ހަދައި އެ ޕްލޭން އާއި އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގައި ބޭހުގެ ޓެސްޓްތައް އަބަދުވެސް ހަދާ […]