ވިސްނާފައި އޮތީ އިގްތިސާދީ ފުރުސަތުތައް ފުޅާކޮށް، ވަޒީފާ އިތުރުކުރަން: ރައީސް
ސަރުކާރުގެ ވިސްނުމަކީ ތ. އަތޮޅު ހިމެނޭ ހެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިގްތިސާދީ ފުރުސަތުތައް ފުޅާކޮށް، ވަޒީފާ އިތުރު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ފެށި “ރައީސްގެ ޖަވާބު” ޕްރޮގްރާމްގައި ތ.ކިނބިދޫ، އުފާ، އައިޝަތު ރައުނާ ކުރި ސުވާލަކީ ކިޔެވުން ނިންމައި ވަޒީފާއަށް ނުކުންނަ ކުދީންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރާނެ ފުރުސަތު ފަހިކޮށް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތާ ގުޅޭ ގޮތުންނެވެ. “އަޅުގަނޑުމެންނަށް ތ....